އަޅުކަމާ ދުރުވާ ކޮންމެ މީހަކަށް މިހާބޮޑު ބިރުވެރިކަމެއް ނުފެނިދާނެ! އެކަމަކު އަޅުކަމާ ގާތްވެއްޖެނަމަ މިފަދަ ބޮޑެތި ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
އަޅުކަމާ ދުރުވާ ކޮންމެ މީހަކަށް މިހާބޮޑު ބިރުވެރިކަމެއް ނުފެނިދާނެ! އެކަމަކު އަޅުކަމާ ގާތްވެއްޖެނަމަ މިފަދަ ބޮޑެތި ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން ނަމަވެސް އަޅުކަމާ ކުރިއަށްވުރެ ދުރުވުމަކީ ފާފަވެރިވާނެ ކަމެއްތޯ؟  

އަދާކުރަންޖެހޭ ފަރުޟްތައް އަދާކުރާނަމަ ފާފަވެރިއެއް ނުވާނެއެވެ. ސުންނަތް ޢަމަލުތައް ނުކުރީމަ ބޯނަސް ބައި ގެއްލުނީއެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

އަޅުގަނޑަކީ ކިޔަވަން މަސައްކަތްކުރި ދުވަސްތަކުގައި ހުރިހާ ނަމާދުތަކެއް ބަރާބަރަށް ކުރަމުން އައި އަންހެނަކީމެވެ. ވަޒީފާއަދާކުރަންފެށިފަހުން އެބަ ދުރުހެލިވެވެއެވެ. އެއީ އޮފީސްގަޑީގައި ނަމާދުނުކުރެވެން ފެށިފަހުން އަންނަންފެށި ބަދަލެކެވެ. އޮފީސްގަޑީގައި ނަމާދުނުކުރެވެނީ އެކުވެރިކުދިން އެކަމަށް ޖެއްސުންކުރާތީއެވެ. ނަމާދަށް ހުންނައިރު އުދަގޫވެސްކުރެއެވެ. ބުނާނެއެވެ. "ގެއަށް ދެވުނީމާ ކުރިޔަސް ރަނގަޅުވާނެއެވެ!"  

ވާގޮތެއް ނުއެނގެއެވެ. މިހާރަކަށް އައިސް އަބަދުވެސް ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. މޫޑްގޯސްވެފައެވެ. އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބެއެވެ. މިކަމަށް އޮތް ޙައްލެއް އެނގޭނަމަ ބުނެދީފާނަންތަ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ސީދާ މިވެނިކަމެއް ކުރަން ބުނަން އުނދަގުލެވެ. ނަމަވެސް އެކުވެރިންނަށް ނުބަލައި ކުރިން ކުރަމުން އައިގޮތަށް ވަޤުތު ޖެހުމުން ނަމާދުކުރަން ނިކަން ފަށައިބަލާށެވެ. ފަތިސްނަމާދަށްފަހު ޛިކުރުކޮށް ޤުރްޢާނުން މިންވަރެއް ކިޔަވައިލުމުން ދުވަސްފަށައިބަލާށެވެ! ތިއަފަދަ ކަންކަން ކުރިމަތިވާ ގިނަބައަކަށް މިބުނި ކަންކަމުން ވަނީ ޙައްލު ފެނިފައެވެ،. އިން ޝާ ﷲ

އަދި ތިރީގައިވާ ވާހަކަވެސް ކިޔައިލާށެވެ! ފިލާވަޅަކަށް ފުދޭނެއެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ ވަރަށް ކުޑައިރުންސުރެ ނަމާދުކުރަމުން އައި ޒުވާނަކީމެވެ. ވީވަރަކުން މިސްކިތުގައި ވަގުތު ހޭދަކޮށް މިސްކިތަށް ޚިދުމަތްކުރަމެވެ. އަދި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައިވެސް ވަގުތު ހޭދަކުރަމެވެ.  

އުމުރުން 25 އަހަރުގައި މަސައްކަތު މާހައުލުން ބައްދަލުވި އެކުވެރިންތަކެއްގެ ސަބަބުން ކަންކަމަށް ބަދަލު އަންނަންފެށިއެވެ. މިސްކިތުގައި ހޭދަކުރެވޭ ވަގުތު މަދުވަމުންގޮސް އެންމެފަހުން ފަރުޟު ނަމާދުކުރަންވެސް އުނދަގޫވާ ހާލަތަށް ކަންކަން ދިއައެވެ.

އެދުވަސްވަރު އެއްރޭ އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. އަޅުގަނޑަށް އިނދެވެނީ އެކުވެރިންނާއިއެކުގައި ކޮފީބޯށެވެ. ވަރަށް ދިގު ބިޔަ ފަރުފައެކެވެ. އައިގޮތަށް އައިސް ތަންކޮޅެއް ދުރުގައި މަޑުކޮށްލުމަށްފަހު ނިގޫ އެއްލައި އަޅުގަނޑުގެ ކަރުގައި އޮޅާލަނީއެވެ. ދެން މަސައްކަތްކުރީ ބޯކޮޅު އަނބުރާލައި އަޅުގަނޑު ކައިލުމަށެވެ. އަނގަވެސް ވަރަށް ބޮޑަށް ހުޅުވައެވެ. ނަމަވެސް އަޅުގަނޑާއިހަމައަށް އަނގައެއް ނުފޯރުވުނެވެ.  

މިހާލެއްގައި އުޅެމުންގޮސް ހޭލެވުނުއިރު ބިރުން ތުރުތުރުއަޅައެވެ. މީހާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ގައިން ދައުތައް އޮހޮރެއެވެ. ވަރަށް ބާރަށް މޭ ތެޅެއެވެ. ހަމައަކަށް އެޅިލާއިރަށް ތެދުވެ ފެންވަރައި، ވުޟޫކޮށްގެން ނަމާދުކުރީމެވެ. ފަތިސްވަންދެން ގޭގައި ނަމާދުކުރަން އިނދެފައި ފަތިސްވުމުން ދިއައީ މިސްކިތަށެވެ.  

ފަތިސް ނަމާދު ނިމިގެން އިމާމް އާއި ބައްދަލުކޮށް ހުވަފެނުގެ ވާހަކަ އިމާމަށް ކިޔައިދިނީމެވެ. އިމާމް ވަރަށް ވިސްނަން އިނދެފައި ބުންޏެވެ.  

"ތިއައީ ދަރިފުޅަށް ލިބުނު ވަރަށް ވަރަށް ވަރުގަދަ އިންޒާރެއްކަމަށް ވިސްނެއެވެ. މިސްކިތާއި ދުރުހެލިވީއެވެ. އަޅުކަންކުރުން ގާތްގަނޑަކަށް ހުއްޓައިލީއެވެ. ނިގުލުން ކަރުގައި އޮޅޅާލެވުމަކީ ޝައިޠޯނާ ދަރިފުޅުގެ މައްޗަށް ވެރިވެގަތްކަމެވެ. ކާލަން އުޅުމުން އަނގަ ނުފޯރިކަން އަނަގައިދެނީ ކުރިން ވަރަށް ރަނގަޅަށް އުޅެފައިވުމުން ޝައިޠޯނާއަށް އަދިވެސް ދަރިފުޅުގެ މައްޗަށް އެކުގައި ބާރު ނުހިންގޭކަމެވެ. އަންގައި އެދިނީ މިދެކަންތަކެވެ. 

ވީމާ ދެންވެސް ޢިބްރަތް ޙާޞިލުކުރާށެވެ! މިހާރުގެ އެކުވެރިން ދޫކޮށް އަލުން މިސްކިތުގެ އެކުވެރިންނާއި ގުޅޭށެވެ. ތިއަ ވަޒީފާވެސް ދޫކޮށްލާށެވެ. ކުރާނެ އެހެން މަސައްކަތެއް ހޯދާށެވެ."  

އެދުވަހުން ފެށިގެން ވަޒީފާއަކަށް ނުދަމެވެ. ކުރިން މިސްކިތުގައި ހޭދަކުރިވަރަށްވުރެ ގިނަ ވަގުތު މިސްކިތުގައި ހޭދަކުރަން ފަށައިފީމެވެ. ހަމައެކަނި ކަންބޮޑުވުމަކަށް އޮތީ ވަޒީފާއެވެ. މައިންބަފައިންނާއި އަނބިމީހާ އަދި ދަރިފުޅުގެ ކަންކަން ބަލަހައްޓާނެ ގޮތެކެވެ. އެކަންކަމަށްވެސް އެހައި ބޮޑަކަށް ނުވިސްނަމެވެ. މާތް ﷲ އަށް ވަކީލްކޮށްލައިގެން ހުރީއެވެ.  

ދެންވެސް ކަންތައް މެދުވެރިވީ ޢަޖައިބެއް ފަދަ ގޮތަކަށެވެ. އެދުވަހު މެންދުރު މިސްކިތަށް ދިއައީ އަތުގައި އެންމެފަހުން އޮތް ފައިސާފޮތިވެސް ވިއްކައިފައެވެ. މަސްޖިދުސުންނަތާއި ޟުޙާނަމާދުކޮށްގެން ދުޢާކުރަން އިންދާ މީހަކު އައިސް ކައިރީގައި އިށީނުމުން ބަލައިލިއިރު ކުރީރޭ އިމާމް ގާތު ވާހަކަ ދެއްކިއިރު އެތަނުގައި އިންދާ ފެނުނު މީހެކެވެ.  

ވަޒީފާ އާއި ބެހޭގޮތުން އޭނާ ސުވާލުކުރީމާ ޙާލުހުރިގޮތުން ކިޔައިދިނުމުން އެމީހާ ބުންޏެވެ. "ކުރިން ތިއަލިބުނީ މަހަކު 7000 ރިޔާލަ ނޫންހެއްޔެވެ؟ އަހަރެން ކޮއްކޮއަށް މަހަކު 8000 ރިޔާލަ ދޭނަމެވެ. ހަދިޔާއަކަށް މިދެނީ 10000 ރިޔާލައެވެ. މިމިސްކިތުގެ ކަންކަން ބަލަހައްޓައިގެން މިސްކިތަށް ޚިދުމަތްކުރާށެވެ."

އެހިސާބުން އަޅުގަނޑުގެ ހުރިހާ މައްސަލައެއް ޙައްލުވެ އަޅުގަނޑު އެންމެ އުޅެން ބޭނުންވިގޮތަށް ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެންދިއައީއެވެ. އިން ޝާ ﷲ

 

- އަޙްމަދު އަނީސް އަކްބަރު / ޖިއްދާ / ސައުދިޢަރަބިޔާ

މިއަދު އޮންލައިން