ތިމާއަށް ފައިދާކުރާނެ ބައިވެރިއަކު ބޭނުންވާނަމަ ކުރާ ދުޢާގެ ޢިބާރާތް ބަދަލުކުރަން އެބަޖެހޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތިމާއަށް ފައިދާކުރާނެ ބައިވެރިއަކު ބޭނުންވާނަމަ ކުރާ ދުޢާގެ ޢިބާރާތް ބަދަލުކުރަން އެބަޖެހޭ!: މުފްތީ މެންކް

މިއީ ވަރަށް ގިނައިން ހަނދާންކޮށްދެވޭ ކަމެކެވެ. ގިނައިން ހަނދާންކޮށްދޭން މިޖެހެނީ ޢަމަލުނުކުރުމުން ލިބޭ ދެރައަށް ކެތްނުކުރެވިގެން ކަންބޮޑުވެ ޝަކުވާކުރާ މީހުން ގިނަވާތީއެވެ.  

ފުރަތަމަ ކަމަކީ ތިމާގެ ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ތަކުރާރުކޮށް ދުޢާކުރަނީއެވެ. ތަކުރާރުކޮށް ދުޢާކުރާތީ ﷲ ތަޢާލާ ދުޢާ ޢިޖާބަކުރެއްވެވީއެވެ. ގިނަ ފަހަރު އެމީހާ މިވަނީ އެއްވެސް ރަނގަޅު ސިފައެއް ނެތް މީހަކަށެވެ. ބޮޑު މަކަރުވެރިއަކަށެވެ.  

ވީމާ އަޑުއަހާށެވެ! މުސްލިމުންނަށް އޮތީ ﷲ ތަޢާލާގެ ނިންމެވުމަށް އިތުބާރުކުރުމެވެ. ދުޢާކުރަންވާނީ ވަކި މީހަކު ދެއްވެވުމަކަށް ނޫނެވެ. ދިރިއުޅުމަށް ފައިދާކުރާނެ، ތިމާއަށް އުފާވެރިކަން ލިބޭނެ، ދެދުނިޔޭގައިވެސް ތިމާގެ ބައިވެރިއެއްގެ ގޮތުގައި ހުންނާނެ މީހަކު ދެއްވެވުން އެދިގެންނެވެ. އެއިރުން ﷲ ތަޢާލާ ދެއްވަވާނީ އެފަދަ މީހެކެވެ. އިން ޝާ ﷲ  

ޔަޤީންކުރަންޖެހޭ ކަމަކީ އެއްވެސް ކަމެއްގައި އަހުރެމެންނަށް އެންމެ ފައިދާހުރި ގޮތް އަހުރެމެންނަށް ނުއެނގޭނެ ކަމެވެ. އެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ. އަމިއްލައަށް ގޮތެއް ކަނޑައަޅަން ނުއެނގިގެން ކުރާ އިސްތީޚާރާގެ ދުޢާގައިވެސް ތިމާއަށް އެންމެ ފައިދާހުރި ގޮތުގެ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރަނީ އެސަބަބަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން