މަރުވުމުން ދޫއެކުގަ ބޭރަށް ނުކުމެ ހަރުވެ ގުޑުވައިވެސް ނުލެވުނު، އެތެރެކުރަން އަނގަހުޅުވަން އުޅުމުން ކެތްނުކުރެވޭވަރުގެ ނުބައި ކުނިވަހެއް ނުކުތް އަންހެނެއްގެ ވާހަކައާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މަރުވުމުން ދޫއެކުގަ ބޭރަށް ނުކުމެ ހަރުވެ ގުޑުވައިވެސް ނުލެވުނު، އެތެރެކުރަން އަނގަހުޅުވަން އުޅުމުން ކެތްނުކުރެވޭވަރުގެ
ނުބައި ކުނިވަހެއް ނުކުތް އަންހެނެއްގެ ވާހަކައާ ސަބަބު-

މިގެނެސްދެވެނީ ގިނަ ބައަކު މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ަމއްސަލައިގެ ވާހަކައެވެ. އެންމެ ގިނަ ބައަކަށް ކުރެވެމުންދާ ބޮޑު ފާފަކުރި މީހެއްގެ ވާހަކައެވެ. ފާޙިޝް ޢަމަލުތައް ކުރާ މީހުން ގިނަވެފައިވީނަމަވެސް އެމީހުންނަށްވުރެވެސް ގިނަވާނީ މި ބޮޑު ފާފަ ކުރެވޭ މީހުންނެވެ. ވީމާ ސަމާލުކަން ދެއްވައިގެން ވިދާޅުވެލައްވާށެވެ.  

އަންހެނަކު ނިޔާވެގެން ހިނަވައިދޭން ގެއަށް ގޮސް ދިނުމުން އިސް ޖަމާއަތްތެރި އަންހެނަކު ދިއައީ އާދައިގެމަތިން އިތުރު ދެ އެހީތެރިން ގޮވައިގެންނެވެ. ގޮސް އޭނާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ނެގުމުން އެންމެން އެކުގައި ދިއައީ ބިރުން ސިއްސައިގެންނެވެ. މިހާތަނަށް ފެނިފައިވެސް ނެތް ފަދަ ބޮޑު ބިރުވެރިކަމެއް ފެނުމުންނެވެ.  

މައްޔިތާގެ ދޫވަނީ އެކުގައި ބޭރަށް ނުކުމެފައެވެ. ދަތްދޮޅިން ތިރިއަށް އަންނަ ވަރަށެވެ. ދޫއެތެރއަށް ވެއްދޭތޯ އަނގަހުޅުވަން މަސައްކަތްކުރުމުން ނކުތް ކުނިވަސް ގަދަކަމުން ދިއައީ އެނބުރުން އަރައިގެންނެވެ. އެއީ ދުވަހަކުވެސް މިހައިތަނަށް ދުވާފައިވާފަދަ ވަހެއް ނޫނެވެ. މާބޮޑަށް ކުނިވަސް ގަދައީއެވެ.

2 އެހީތެރިންނަށް ކެތް ނުކުރެވިގެން ނުކުތީއެވެ. ނަމަވެސް މައްޔިތާ ހިނެވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމަށްވާތީ ކެތްތެރިވެ އިސްކޮށްހުރި އަންހެނާ މައްޔިތާ ހިނެވުމުގެ ކަންކަން ފުރިހަމަކުރިއެވެ. ދޫއެތެރެކުރަން ތަކުރާރުކުރަން މަސައްކަތް ކުރުމުންވެސް ގުޑައިވެސް ނުލިއެވެ. އޮތީ ހަރުއަރައިފައެވެ. އެހެންވެ ކަފުންކުރަންޖެހުނީ އެއޮތްގޮތަށެވެ.  

ދޫއެކުގައި ބޭރަށް ނުކުމެ ހަރުވެފައި އޮތުމާއި އަނގައިން ދުވި ކުވަހުގެ ނުބައިކަމުން އޭނާ ހިނެވި އަންހެނާ އެއިގެ 5 ވަރަކަށް ދުވަސްފަހުން އެހިސާބަށްގޮސް އެއަންހެންމީހާގެ އެކުވެރިއަކު ހޯދައިގެން ކަންކަން އޮޅުންފިލުވިއިރު އެއަންހެން މީހާއަކީ ޣީބަބުނުމާއި ދެބައުޑުވުމާއި ވާހަކަހިފައިގެން ހިނގައި މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމުގައި އަރާހުރި އަންހެނެކެވެ. ކޮންމެ ދުވަހަކު އޭނާ އުޅެނީ އެމަސައްކަތުގައެވެ. އޭނާއަށް ހިތްހަމަޖެހުން ލިބެނީ އޭނާ އުފައްދާ ފިތުނައިގެ ސަބަބުން ކޮންމެވެސް ދެމީހަކު ގަދައަށް ޒުވާބުކޮށް ތަޅާފޮޅާ ހަދައިފިނަމައެވެ.  

މިއީ ޔޯލަ ވާހަކައެއް ނޫނެވެ. ހިނގާފައިވާ ކަމެކެވެ. މިވާހަކަ އަހުރެންނަށް ކިޔައިދިނީ އޭނާ ހިނެވި އަންހެނާއެވެ. މީސްތަކުންނޭވެ! މިފަދަ ބޮޑެތި ފާފަތައް ނުކުރާށެވެ! އެއަންހެން މީހާ ކުރަމުން އެއައީ އެންމެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ. އެކަންކަން ނުކުރަން ދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވަވާފައިވާ ފާފަތަކެވެ. މިފަދަ ޙާދިސާތައް ދައްކަވާނީ ވަރަށް މަދުންނެވެ. އޮތީ ބިރުވެތިވުމެވެ.

 

- ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން