ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެއް!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެއް!: ޙަދީޘް

ޢާއިޝަތު ރަފާޙް ޢަލީ

    

ގިނައިން ހުނުން:  

މާބޮޑަށް (ގިނައިން) ހުނުމަކީ ޤިޔާމަތާއި ނަރަކައާއި މާތްރަސްކަލާނގެ އަޛާބުގެ ބިރުވެރިކަމާމެދު މީހަކު ފަރުވާކުޑަކަން ދޭހަވާ ކަމެކެވެ. މީގެ އިތުރުން ހުނުމަކީ ގިނަ ފަހަރަށް މީހާއަށް އިންތިޒާރު ކުރަމުންދާ ޙިސާބު (ޙިސާބުބެއްލެވުން) ހަނދާން ނައްތާލާ ކަމެކެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

(لاَ تُكثروا الضَّحِكَ، فإنَّ كثرةَ الضَّحِكِ تميتُ القلبَ).

މާނައީ: (ހުނުން ގިނަނުކުރާށެވެ. ހަމަކަށަވަރުން ގިނައިން ހުނުމަކީ ހިތް މަރުވާ ކަމެކެވެ.) 

ހަނދުމަކުރާށެވެ! ﷲ ތަޢާލާ އަށް ޛިކުރު ކުރުމުގެ ބަދަލުގައި ބޭކާރު ވާހަކަ ގިނަނުކުރާށެވެ! އެއީވެސް މީހާގެ ހިތް ކަނުވާ ސަބަބެކެވެ.  

މަރު ބައްދަލުކުރާނީ ކުއްލިއަކަށެވެ. ކުއްލިއަކަށް އަންނައިރު، ކުރިން ތައުބާވެ ގެޔޮޢަމަލުނުކުރާނަމަ އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. މި ދުނިޔެއަށް މާ ބޮޑު އުންމީދާއި ލޯބިޖެހިއްޖެނަމަ އެމީހަކު އާޚިރަތާއި ސުވަރުގެއާއި ނަރަކައަށް ވިސްނުމުގައި ފަރުވާކުޑަވެ، ޙަރާމް ކަންކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ.

މިއަދު އޮންލައިން