މައްސަލައަކަށްވެގެން މިއުޅެނީ ތިމާގެ ރިޒުޤް އުޑުގައިވަނިކޮށް ބިމުން ހޯދަން އުޅެވޭކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 36ސ
މައްސަލައަކަށްވެގެން މިއުޅެނީ ތިމާގެ ރިޒުޤް އުޑުގައިވަނިކޮށް ބިމުން ހޯދަން އުޅެވޭކަން!

ކޮންމެ މީހަކަށްވެސް ކުރަން އޮތީ ހަމައެއްކަމެކެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. ނަމަވެސް އެކަން ކުރެވެނީ ހާދަ މަދުމީހަކަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ހިދާޔަތަށް އެދި އާދޭސްދަންނަވަން ޖެހޭ މީހެކެވެ. އެކަމަށް އެދި ގިނަގިނައިން ދުޢާކުރަންޖެހޭ މީހެކެވެ. އެހެންކަމުން ތިރީގައިވާ ޝައިޚް އަޙްމަދު ސަމީރުގެ ދަރުސްގައިވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހެއެވެ.  

އެހެންވީމާ ނަބިއްޔާ ﷺ حَدِيث  ކުރައްވާފައި ވަނީ ފަހުޒަމާނަށް އައިސް ފިތުނަ ހުށަހެޅެމުންދާނޭ ފޭރާން އެއްފޭރާން ވިޔެމުންދާހެން ފޭރާން އެއްރޮއްޖަކަށްފަހު އަނެއް ރޮއްޖެއް މިހެން އެއްރޮއްޖަށްފަހު އަނެއް ރޮދި ވިޔެމުން ފޭރާން ވިޔޭ، 

تَعَارَضُوا عَلَى  الْفِتُنَتِ القُلُوب  قَدْ حَسْرِ عُوادًا عُوادَ  ފިތުނަތަށް މީހާގެ ހިތަށް ހުށަހެޅެމުން ދާނޭ، ރޮދި އެއްރޮއްޖަށްފަހު އަނެއް ރޮދި ފޭރާން މިހެން ވިޔެވެމުންދާހެން އެހެންގޮސް ފަހުޒަމާނަށް އައިސް ފިތުނައިގެ ތެރޭގައި يُسْبِحْ رَجُلُ قُبِلَاً وَيُمسِح أدرا  ހެނދުނު މުސްލިމެއްގެ ގޮތުގައި ހުންނަ މީހާ ހަވީރު ކާފަރުވާނެ، أيُمْسِح مُسْلِمًا. وَيُمْسِبِح كَافِرًا ހަވީރު މުސްލިމެއްގެ ގޮތުގައި ހުންނަމީހާ ހެނދުނު ކާފަރުވާނެ، 

ކީއްވެގެންތޯ؟ يَدِينُ دِيْنهُ بِعَرَبًا من الدُّنْيَى ދުނިޔޭގެ ފިލާދަނިވި މުދަލަކީ ދީންވިއްކާލުން. އެހެންވީމާ، ފުދުންތެރިކަން، ހިދާޔަތު ހަމަ އެއާއެކުގައި ފުދުންތެރިކަމާ ހިދާޔަތަށް އެދެންޖެހޭ  ތިމާމެންގެ ޢަޤީދާއަށް ތިމާމެން ޤަބޫލުކުރާ ހަމަތަކާ އުޞޫލުތައް ވިއްކާލަން ނުޖެހޭވަރުގެ ތަނަވަސް ކަމާ ހަމަޖެހުން ތިބާގެ މެދުގައި އޮންނަންޖެހޭ ފަޤީރުކަމާ ދަތިކަން މީހުންނަށް އައުމުން ރައްކާތެރިވާންޖެހޭ  

އެއީ ދަތިކަމަކީ މީހާ ދީންދޫކޮށްލަން އަންނަ ޙާލަތަށް އަދި ކޮބައިތޯ  މީހާ ހަމައެކަނި ތިމަންނަ މުރުތައްދުވެ ކާފަރެކޭ ނުބުންޏަސް ދީނުގެ ގޮތުން އަޅުގަނޑުމެން ޤަބޫލުކުރާ އެތައްބައިވަރު ހަމަތަކަކާ އުޞޫލުތަކެއް އެހެން ބޭރުގެ ނުފޫޒުތަކުގެ ކުރިމަތީގައި ދޫކޮށްލަން އެބަ ޖެހޭ، އިޤްތިޞާދީ ދަތިކަމެއް އައިސްދާނެ ކަމަށްޓަކައި އެހެންވެގެން މައްކާގައި الله سُبْحَانَهُ وَتَعَالى  މައްކާ ގެފުޅު ސަރަޙައްދަށް ޙަރަމްފުޅު  ސަރަޙައްދަށް ކާފަރުން ވަނުން މަނާކުރައްވާފަ  

سورة التَّوبَة  ގައި الله سُبْحانَهُ وَتَعَالى  އެންގެވީ  "يَا اَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا" އޭ އީމާންވެއްޖެ މީސްތަކުންނޭ! މުޝްރިކުންނަކީ މުޑުދާރު ޢަޤީދާއެއް ޤަބޫލުކުރާ ބައެކޭ އެހެންވީމާ ތައުޙީދުގެ ޚާލިޞް ތައުޙީދުގެ ބިނާކުރި ބިމަށް އެމީހުން ވަނަނުދޭށެވެ.  

" فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا" މިއަހަރަށްފަހު އެމީހުން މަސްޖިދުލްޙަރާމަށް ނުވަންނާށެވެ. އޭގެ މާނައަކީ މައްކާ ޙަރަމްފުޅު  ސަރަޙައްދަށް ޣައިރު މުސްލިމުން ވަނުންމަނާ، ދެން ކޮން ގޯހެއްތޯ އެމީހުންގެ ބޮލަށް ވަންނާނީ، ކޮބައިތޯ އިޤްތިޞާދު އެމީހުންގެ ފަރާތުން އަންނަ  ވިޔަފާރިޔާއި މާލީ މަންފާ އެމީހުން ކުރާ ޒިޔާރަތްތަކުގައި ގެންނަ ފައިސާ އާއި  ޑޮލަރާ ހުރިހާ އެއްޗެއް އެމީހުންގެ ބޮލަށް ވެސް ވަންނާނެ ނޫންތޯ،  

އެހެންވީމާ ޤުރްއާނުގައި ދިން ޖަވާބި   "وَإِنْ خِفْتُمْ عَيْلَةً" ކަލޭމެން ފަޤީރު ކަމަކަށް ބިރުގަންނަނަމަ " فَسَوْفَ يُغْنِيكُمُ اللَّهُ مِن فَضْلِهِ إِن شَاء" ﷲ އިރާދަކުރެއްވިއްޔާ ﷲ ތިޔަބައިމީހުން މުއްސަނދި ކުރައްވާނެ. އެބިރު ނުގަންނާށޭ. ކަލޭމެން އުޞޫލުތަކާއި، ހަމަތަކާ އެއްޗެހީގައި ހިފަހައްޓާގެން ތިބޭތީ  ބަޔަކު މީހުން މިތަނަށް ނައިސް ފަޤީރުވެދާނެތީ ބިރުނުގަންނާށެވެ. " فَسَوْفَ يُغْنِيكُمُ اللَّهُ مِن فَضْلِهِ إِن شَاء"  ﷲ އެކަލާނގެ އިރާދަ ކުރެއްވިއްޔާ ތިޔަބައިމީހުން ފުދުންތެރި ކުރައްވާނެ.

އެކަމަކު އަޅުގަނޑުމެނަށް ހީވަނީ ކިހިނެއްހޭ ލިބޭނީ ކޮންގޮތެއްހޭ ލިބެން އޮތީ ﷲ ވަޙީ ކުރައްވަނީ وَفِى السَّمَاءِ رِزْقُكُمْ ތިޔަބައި މީހުންގެ ރިޒްޤު ވަނީ އުޑުގައޭ. އަހަރެމެނަށް ހީވަނީ ބިމުގައޭ އެރިޒްޤު ވަނީ އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ އުޞޫލުތަކާއި، ހަމަތަކާއި އެއްޗެހި ދޫކުރަންފެށީ، އަޚްލާޤިއްޔަތު ތައްވެސް ދޫކުރަން ފެށީ ބޭރުމީހުންގެ އަތުން ޑޮލަރާއި ފައިސާ ހޯދުމުގެ މަޤްޞަދުގައި ދީނާ އަޚްލާޤާ ސުލޫކާއި އަޅުގަނޑުމެންގެ ދަރީންގެ ދަރިންނަށް ކިތަންމެ ގެއްލުން ވިއަސް ދަރިން ހަލާކުވެ ޤަރާރު ވެގެން ދިޔަސް އަޅުގަނޑުމެންގެ ރަށްތައް ހަލާކުވެ ދިޔަސް ޑޮލަރާ ފައިސާގެ ބޭނުމުގައި ހުރިހާ އެއްޗެއް ވިއްކާލާ ދޫކޮށްލީ އެއީ ކިހިނެއް ވާނޭ ކަމެއް،  

ޝަހާދަތްކިޔާ އަދި ނަމާދުކޮށް ބަޔަކު އުޅުނަސް ދޭތެރެއަކުން ނަމާދަށް މީހުން އަރާ އުޅުނަކަސް އެބައިމީހުންގެ އަތުގައިހުރި ދީނުގެ ޢަމަލުތަކާ އުޞޫލުތައް މިދޫކޮށްލަނީ ކޮންކަމަކަށްޓަކާ މުދަލާ ފައިސާގެ ދަހިވެތިކަމުގައި ފަޤީރު ކަމަކަށް ބިރުގެންފާނެތީ، އެހެންވީމާ ޤުރްއާނުގައި ވަރަށް ސާފުކޮށް އެޖަވާބު ދެއްވާފަ 

"يَا اَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا"  މުޝްރިކުންވާކަން ކަށަވަރީ ނަޖިސް ބައެއް ކަމުގައެވެ. މާނައަކީ މުޑުދާރު ޢަޤީދާއެއް ޤަބޫލުކުރާ ބައެއްކަމުގައެވެ. فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا"  މިއަހަރަށް ފަހުގައި އެމީހުން މަސްޖިދުލް ޙަރާމާ ކައިރި ނުވާށޭ "وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ " ތިޔަބައިމީހުން  ފަޤީރު ކަމަކަށް ބިރުގަންނަންޏާ ﷲ ތަނަވަސް ކުރައްވާނޭ ތިޔަބައިމިހުން. އެހެންވީމާ މިސުވާލަށް ޖަވާބު ދެއްވާފައި ވަނީ.  

އެހެންވީމާ ނުކުތާއަކީ ހިދާޔަތަށް އެދެންޖެހޭ، ފުދުންތެރިކަމަށް އެދެންޖެހޭ، ޢިއްފަތްތެރި ކަމަށް އެދެންޖެހޭ ، އަނެއްކޮޅުން ފަޤީރު ކަމުން ރައްކާތެރިވެ ސަލާމަތްވާން ޖެހޭ، الله سُبْحانَهُ  وَتَعَالَى  ގެ ދީނުގައި ސާބިތު ވެ ތިބުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ އިޤްތަޞާދީ ބާރު އޮންނަންޖެހޭ –

 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

 

މިއަދު އޮންލައިން