ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ޙަރާމްވެގެންވުން
ޙައިޟުގެ ދުވަސްވަރު، އަނބިމީހާގެ ކުރިމަތި ފަރާތަށް ޖިމާޢުވުން ފިރިމީހާގެ މައްޗަށް ޙަރާމްވެގެންވެއެވެ. ﷲ ތަބާރަކާ ވަތަޢާލާގެ މިބަސްފުޅުގައި ވާގޮތުގެމަތިންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ( وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖفَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ ۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ) سورة البقرة 222 މާނައީ: ” އަދި ޙައިޟާމެދު، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!) އަދި އެކަނބަލުން ޙައިޟުގެކަންތައް ނިމި ޠާހިރު ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. “
މިކަމާއި ގުޅޭ ޙަދީޘްފުޅުތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ:
މާނައީ: ” ޙައިޟުވެރި އަންހެނާއާއި ޖިމާޢުވާ މީހާ ނުވަތަ އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވާމީހާ ނުވަތަ ކާހިނެއްގެ ގާތަށްގޮސް އޭނާބުނާ އެއްޗެއް ތެދުކޮށްފިމީހާ ހަމަކަށްވަރުން މުޙައްމަދު صلى الله عليه و سلم ގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ."
(قَالَ: إِنَّ الْيَهُودَ كَانَتْ إِذَا حَاضَتْ مِنْهُمْ الْمَرْأَةُ أَخْرَجُوهَا مِنْ الْبَيْتِ، وَلَمْ يُؤَاكِلُوهَا ، وَلَمْ يُشَارِبُوهَا ، وَلَمْ يُجَامِعُوهَا فِي الْبَيْتِ ، فَسُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِكَ ، فَأَنْزَلَ اللَّهُ سُبْحَانَهُ وَ تَعَالَى ذِكْرَهُ :{ وَيَسْأَلُونَكَ عَنْ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ } إِلَى آخِرِ الْآيَةِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جَامِعُوهُنَّ فِي الْبُيُوتِ ، وَاصْنَعُوا كُلَّ شَيْءٍ; غَيْرَ النِّكَاحِ ، فَقَالَتْ الْيَهُودُ: مَا يُرِيدُ هَذَا الرَّجُلُ ألاَ يَدَعَ شَيْئًا مِنْ أَمْرِنَا إِلَّا خَالَفَنَا فِيهِ ، فَجَاءَ أُسَيْدُ بْنُ حُضَيْرٍ وَعَبَّادُ بْنُ بِشْرٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَا: يَا رَسُولَ اللَّهِ! إِنَّ الْيَهُودَ تَقُولُ كَذَا وَكَذَا ، أَفَلَا نَنْكِحُهُنَّ فِي الْمَحِيضِ؟ فَتَمَعَّرَ وَجْهُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى ظَنَنَّا أَنْ قَدْ وَجَدَ عَلَيْهِمَا ، فَخَرَجَا ، فَاسْتَقْبَلَتْهُمَا هَدِيَّةٌ مِنْ لَبَنٍ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَبَعَثَ فِي آثَارِهِمَا فَسَقَاهُمَا ، فَظَنَنَّا أَنَّهُ لَمْ يَجِدْ عَلَيْهِمَا)
މާނައީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ޔަހޫދީން، އެބައިމީހުންގެ ތެރެއިން އަންހެނަކު ޙައިޟުވެއްޖެކަމުގައި ވަނީނަމަ އޭނާ ގެއިން ނެރެލައެވެ. އަދި އޭނާއާ އެކީ ކެއިންބުއިމުން ދުރުވެއެވެ. އަދި އޭނާއާއި ގޭތެރޭގައި އެކުވެނޫޅެއެވެ. ފަހެ މިކަމާއި ބެހޭގޮތުން ރަސޫލﷲ صلى الله عليه و سلم އާއި ސުވާލުކުރެވުނެވެ. ދެން ﷲ ތަޢާލާ އެކަމާއި ބެހޭގޮތުން ވަޙީ ބާވައިލެއްވިއެވެ.
( وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖفَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ ۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ) سورة البقرة 222
މާނައީ: ” އަދި ޙައިޟާމެދު، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!) އަދި އެކަނބަލުން ޙައިޟުގެކަންތައް ނިމި ޠާހިރު ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. “
ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އަނބިންނާއެކީ ގެތަކުގައި އެކުވެ އުޅޭށެވެ. އަދި ޖިމާޢުވުން ފިޔަވައި ހުރިހާކަމެއް ކުރާށެވެ. ފަހެ ޔަހޫދީން ބުންޏެވެ. ” އަހަރެމެންކުރާ އެއްވެސްކަމެއް، އެކަމަކާ ޚިލާފުނުވެ ދޫކޮށްލާކަށް މި ކަލޭގެފާނު ބޭނުންފުޅުނުވެއެވެ. ފަހެ އުސައިދު ބުން ޙުޟައިރާއި ޢައްބާދު ބުން ބިޝްރު ނަބިއްޔާ صلى الله عليه و سلم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން ޔަހޫދީން އެވެނި މިވެނި އެއްޗެއް އެބަބުނެއެވެ. ފަހެ ޙައިޟުގެ ދުވަސްވަރުގައި އަނބިންނާއެކީ ތިމަންބޭކަލުން ޖިމާޢު ނުވާންވީހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެފާނު އެދެބޭކަލުންނަށް ކޯފާއިސްކުރެއްވީކަމަށް ތިމަންބޭކަލުންނަށް ހީވާމިންވަރަށް ފަހެ އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަ ތަޣައްޔަރުވިއެވެ. ފަހެ އެދެބޭކަލުން ނުކުވެވަޑައިގަތެވެ. އެހިނދު ރަސޫލުﷲ صلى الله عليه و سلم އަށް ހަދިޔާއެއްގެ ގޮތުގައި ކިރު ގެނެވުނެވެ. ދެން އެދެބޭކަލުން ވީތަނެއް ހޯއްދަވައި ގެންނެވައި އެކިރުން ބޯންދެއްވިއެވެ. ދެންފަހެ އެކަލޭގެފާނު އެދެބޭކަލުންނަށް ކޯފާއިސްނުކުރައްވާކަމުގައި ތިމަންބޭކަލުންނަށް ޔަޤީންވިއެވެ."
ޙައިޟުވެރިޔާއާއި ޖިމާޢުވާ މީހާގެ ކައްފާރާ:
މީހަކު އޭނާގެ ހަވާނަފްސުގެ އެދުން ގަދަވުމުގެ ސަބަބުން އޭނާގެ އަންހެނުން ޙައިޟުގެ ދުވަސްވަރުގައި, ޠާހިރުވުމުގެ ކުރިން ޖިމާޢުވެންޖެނަމަ އޭނާގެ މައްޗަށްވަނީ ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅައެއްބައިން ޞަދަޤާތްކުރުމެވެ. ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. ((“مَنْ يَأْتِي امْرَأَتَهُ وَهِيَ حَائِضٌ يَتَصَدَّقُ بِدِينَارٍ أَوْ بنصْفِ دِينَارٍ”.)) މާނައީ: ” އަނބިމީހާ ޙައިޟުގެޙާލުގައި ޖިމާޢުވެއްޖެމީހާ، ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައިން ޞަދަޤާތްކުރާށެވެ. “ ދީނާރަކީ ގާތްގަނޑަކަށް 4.25 ގުރާމު ރަނެވެ. އެހެންކަމުން 4.25 ގުރާމުގެ ރަނަށް ވާ ވަރަށް ރުފިޔާއިން ޞަދަޤާތްކުރާނީއެވެ. ނުވަތަ އޭގެ ދެބައިކުޅައެއްބައިން ޞަދަޤާތްކުރާނީއެވެ.
ޙައިޟުގައިވާ އަނބިމީހާގެ ކިބައިން ފިރިމީހާ ކުރުން ހުއްދަކަންތައްތައް:
ޙައިޟުވެފައިވާ އަނބިމީހާގެ ކުރިމަތިފަރާތުން ފިޔަވައި އެހެންހުރިހާތަނަކުން އަރާމުހޯދުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. މިކަމާއި ގުޅޭޙަދީޘްތައް ތިރީގައި ޒިކުރުކޮށްލާނަމެވެ.
ޙައިޟުން ޠާހިރުވުމަށްފަހު ޖިމާޢުވުން ހުއްދަވާ ވަގުތު.
އަނބިމީހާ ޙައިޟުން ޠާހިރުވެ، އަދި ލޭއައުން ހުއްޓުމުން ޢައުރަ ގުނަވަން ދޮތުމަށްފަހު ނުވަތަ ވުޟޫކުރުމަށްފަހު ނުވަތަ ހިނައިގަތުމަށްފަހު އަނބިމީހާއާއި ޖިމާޢުވުން ހުއްދަވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُ ۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ) سورة البقرة 222 މާނައީ: ” ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. “
– ނުނިމޭ –
- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން
- ކައިވެނީގެ ފުރަތަމަރޭގެ އަދަބުތައް- (9)