މިހާ ގިނަ ނިޢުމަތްތައް ލިބޭނެކަން ވިސްނޭމީހާ ކޮންމެ ގޮތަކުންވެސް ނުހޭލައި ނުއޮންނާނެ! ޖަމާޢަތުގަ ކުރަންވެސް މަސައްކަތްކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިހާ ގިނަ ނިޢުމަތްތައް ލިބޭނެކަން ވިސްނޭމީހާ ކޮންމެ ގޮތަކުންވެސް ނުހޭލައި ނުއޮންނާނެ! ޖަމާޢަތުގަ ކުރަންވެސް މަސައްކަތްކުރާނެ!

ފަތިސްނަމާދަކީ އެންމެ 2 ރަކްއަތުން ކުރެވޭ ކުރރކުރު ނަމާދެކެވެ. އެންމެ ކުރު ފަރުޟް ނަމާދެވެ. ނަމަވެސް އެންމެ ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ ފަތިސްނަމާދަށެވެ. ސަބަބަކަށްވަނީ ކަންނެތްވެވި ނުހޭލެވޭ ކަމެވެ.   

ފަތިސް ނަމާދަށް ނުހޭލެވޭ އެންމެ ބޮޑު ސަބަބަކީ ހޭލަން މަސައްކަތްކުރިޔަސް ޝައިޠޯނާ އެކަމަށް ހުރަސްއެޅުމެވެ. ހޭލެވިގެން ތެދުވަން އުޅޭއިރަށް އަދި ނިދާލާފައިވެސް ތެދުވެ ކުރެވިދާނެ ކަމަށް ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ.  

ތިރީގައި އެވަނީ ފަތިސްނަމާދުކުރާ މީހުންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ނިޢުމަތްތަކުގެތެރެއިން ބައެއް ކަންކަން އެނގިގެންދާ ލިޔުމެކެވެ. ވިދާޅުވެ މަޢްލޫމާތު މުއްސަނދިކޮށްލައްވާށެވެ! މިކަންކަން އެނގުމުން ގަދަކަމުންވެސް ހޭލައި ފަތިސްނަމާދުކުރާނެއެވެ. އިން ޝާ ﷲ  

ފަތިސް ނަމާދުގެ ކަންޒުތަކުގެ ތެރެއިން 9 ކަމެއް: 

1-ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަކީ ޘަވާބުގެ ގޮތުން މުޅި ރޭ، ރޭއަޅުކަންކުރުން ފަދަ ކަމެއް

2-ފަތިސް ނަމާދު ކުރުމަކީ ﷲ ގެ ރައްކާތެރިކަން މުޅި ދުވަހު އެމީހަކަށް ލިބޭނެ ކަމެއް

3-ނަރަކައިން މިންޖުވުން

4- ޤިޔާމަތް ދުވަހުން ނޫރެއް ދެވިގެން ދިއުން

5-   ފަތިސް ނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ މާތް ވެގެން ވާ 2 ރަކްޢަތަށް ވީ ހިނދު ފަރުޟް ފަތިސް ނަމާދުގެ ޘަވާބުގެ މިންވަރު ތަސައްވުރު ކޮށްލައްވާ

6- ފަތިހާއި ހެނދުނު ވަގުތުގައި ﷲ ތަޢާލާ ބައްސަވާ ބަރަކާތް ޙާސިލުވުން 

7-ފަތިސްނަމާދު ކުރާ މީހުންނަށްޓަކައި މަލާއިކަތްބޭކަލުން ﷲ ތަޢާލާގެ ދަރުބާރުގައި ހެކިވެވޮޑިގަންނަވާނެ 8- 

8-   ޤިޔާމަތް ދުވަހުން ﷲ ގެ ވަޖުހުފުޅު ދުށުމުގެ ނިޢުމަތް ލިބުން  

9-   ނިފާޤުކަމުން ބަރީއަވުން   

(المصدر: صفحة طريق التوبة)  

- ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން