މިއިން ކޮންމެ ކަމަކީވެސް މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ޘަވާބު އިތުރުވަމުންދާނެ ކަންކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
މިއިން ކޮންމެ ކަމަކީވެސް މަރުވެ ކައްވަޅުގައި އޮތަސް އެމީހަކަށް ޘަވާބު އިތުރުވަމުންދާނެ ކަންކަމެވެ!

عَنْ أَنَسٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (سَبْعٌ يَجْرِيْ لِلْعَبْدِ أَجْرُهُنَّ وَهُوَ فِي قَبْرِهِ بَعْدَ مَوْتِهِ : مَنْ عَلَّمَ عِلْمًا ، أَوْ أَجْرَى نَهْرًا ، أَوْ حَفَرَ بِئْرًا ، أَوْ غَرَسَ نَخْلًا ، أَوْ بَنَى مَسْجِدًا ، أَوْ وَرَّثَ مُصْحَفًا ، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ) . ‌ والحديث : حسَّنه الألباني في

” صحيح الترغيب ” ( 959 )

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

"މަރުވުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ. ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި، ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި، ފެންވަޅެއް ކޮނުނު މީހާއާއި، ރުކެއް އިންދިމީހާއާއި، މިސްކިތެއް ބިނާކުރި މީހާއާއި، މުޞްޙަފެއް ވާރުތަކުރި މީހާއާއި، މަރުވުމަށްފަހުގައި އޭނާއަށްޓަކައި ދުޢާކުރާނެ ދަރި އެއް ދޫކޮށްފައި ދިޔަ މީހާއެވެ." 

މިއީ ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު) ގެ ބައެއް މިސާލުތަކެވެ.

އެންމެ މަދުވެގެން މީގެން ކޮންމެވެސް އެއްކަމެއް ނަަމަވެސް ކޮށްލުން ކިހިނެއް ވާނެތޯއެވެ؟ 

--ޝައިޚް މުޙައްމަދު ޝާފިޢު 

މިޙަދީޘްފުޅަށް ބަލައިފިނަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ، އަދި އެމީހާގެ މައްޗަށް ކުރުން ވާޖިބުވެގެންވާ އެއްކަމެއް އެބައޮތެވެ. އެއީ އެމީހާއަށްޓަކައި ހެޔޮދުޢާކުރާނެ ތަޤްވާވެރި ދަރިއަކު ތަރުބިއްޔަތުކުރުމެވެ. އަޅުގަނޑުމެންގެ ދަރިންތައް އެގޮތް މިގޮތަށް އުޅެން ދޫކޮށްލައިގެން ތިބެގެން އެދަރިއަކީ ތަޤްވާވެރި ދަރިއެއްގެ ގޮތުގައި ތަރްބިއްޔަތެއް ނުކުރެވޭނެއެވެ.  

އަދި ކީއްހެއްޔެވެ؟ ދަރިންނަށް ޙަޤީޤީ ފައިދާކުރާނީ ނަގައިދެވޭ ޕީއެޗްޑީއަކުން ނުވަތަ 10 ބުރިއަސްހުރި ގެއެއް ދިނުމަކުންވެސް ނޫނެވެ. ތަޤްވާވެރި ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވިއްޖެނަމައެވެ.

 

 

މިއަދު އޮންލައިން