ބައެއްބެއިކަލުންގެ ކިބައިން ރިވާވެޔޭ خَوَارج ންނާއި ހަނގުރާމަކޮށް قتل ވީބައެއްމީހަކު މީހަކަށް ހުވަފެނުން ފެނުނެވެ. ހުވަފެންދުއްމީހާ އަހައި ފިއެވެ. ކަލޭގެ حال އަކީ، ކޮބައިހެއްޔެވެ. އެމީހާ ޖަވާބުދިނެވެ.
އަހުރެންނާއި އެވެނިމީހާޔާއި މިވެނިމީހާޔާއި، މިހެން އެތައްމީހަކު ކިޔާފައި ބުންޏެވެ. އަހުރެމެން އެންމެންގެ حال ނިކަން ރަގަޅެވެ. އެކީމީހުން އެންމެންނީ އެ خَوَارج ންގެ ހަގުރާމައިގައި قتل ވީމީހުންނެވެ. އަދި އެއެހި މީހާގެ އަވަށްޓެރީންކުރެ މަރުވެފައިވާ މީހުންގެ ވާހަކަވެސް އަހައިފިއެވެ. އެމީހާބުނެފިޔޭ ތިޔަމީހާ އެއް އަހުރެމެންނަކަށް ނުފެނެއެވެ. ތިޔަމީހާއި އަމިއްލައަށް ކަނޑަށް ފުންމަލައިގެން މަރުވެގަތް މީހެއްތާއޭ، އޭނާވާނީ، އަމިއްލައަށް މަރުވެގަންނަ މީހުންގެ ތެރޭގައި ހައްޔަރު ވެގެންނެވެ.
ހަމަކަށަވަރުން صحّ حديث ގައި ވެޔޭ، ސަލާމާއި صلوات ލެއްވި رَسُولُ اللهِ ގެފާނުން حديث ކުރައްވާފައި ވެޔޭ ތިމާގެ އަމިއްލަ نفس މަރައިލާމީހުން قيامَة ދުވަހުގައި محشرއަށް އަންނަހުށީ އެމަރުވެގަތް ހަތިޔާރަކުން އެމަރުވެގަތުމަށްހެދިގޮތެއް ތިމާޔަށް ހަދަމުންނެވެ. ހަމަ އެގޮތަންމެ ގޮސް ނަރަކަޔަށް ވެއްޓި ނަރަކައިގައި އަބަދުގެ އަބަދަށް އެގޮތުގައި ދެމިގެންވާ ހުއްޓެވެ. އުސް ފަރުބަދަމަތީން ފުންމާލައިގެން މަރުވެ ގަންނަމީހުން އަބަދުގައި އޮންނަހުށީ ނަރަކައިގައި އަޑިޔަށް ވެއްޓޭ حال އެއްގައެވެ. ހަމަ އެފަދައިން حدّ އެއްގެ ތެރޭގައި މަރުވާ އަންހެނުންވެސް ފުރަތަމަ ތާޅަފިލީގެ އަޑަށް ދާނދެން އެކަމުގެ ވޭން ލިބިލިބި އޮންނަހުއްޓެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-