މިޢްރާޖް އަރާވަޑައިގެންނެވިރޭގެ ބައެއް ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
މިޢްރާޖް އަރާވަޑައިގެންނެވިރޭގެ ބައެއް ވާހަކަ-

صحيح حديث ގައިވެޔޭ. ސަލާމާއި صلوات ލެއްވި رَسلُولُ اللهِ ގެފާނުން معراج އަރާވަޑައިގަތް ރޭގައި، އެންމެހައި رَسُول ބެއިކަލުންނާއި ގެން ދެ ركعة ނަމާދުފުޅެއް ކުރެއްވިއެވެ. އަދި އެކަލޭގެފާނުން هَارون ގެފާނަށް سلام ކުރެއްވިއެވެ. އެ هَارون ގެފާނުން އިތުރުއެކަލޭގެފާނާއި، އެކަލޭގެފާނުންގެ أمّة އަށް ހެޔޮ دعاء ކުރެއްވިއެވެ. إدريس ގެފާނުން ހަމަ

އެފަދައިން ކަންތައް ކުރެއްވިއެވެ. މިއެންމެ ބެއިކަލުންނަކީވެސް މާކުރީގައި އަވަހާރަވެ ލޯފުޅު އޮހޮރިގޮސް ފައިވާ ބެއިކަލުންނެވެ، ބަލަގަ، އެއީ ، نفسތަކުގެ ދިރިހުރުމެވެ. މީގެ ފަހުގައި އަދި އެހެން ދިރިތިބުމެއް ވެއެވެ. އެއީ ދެވަނަ ތާޅަފިލީގެ ފަހުގައި ދިރޭނޭ ދިރުމެވެ. އެންމެފުރަތަމަ ދިރިތިބޭ ތިބުމަކީ اَلَسْتُ بِرَبِّكُم މިހެން وحى ކުރައްވައި، މީސްތަކުން ހެކިކުރެއްވި ދުވަހުގެ ދިރިތިބުމެވެ. މިދުނިޔޭގައި ހިމެނޭ ދިރިތިބުމެއް ނޫނެވެ. އަދިކިއެއްތަ މިއީ نعمَة ލިބުމުގެ مسخره އެކެވެ.  

ސަލާމާއި صلوات ލެއްވި އިތުރު އެކަލޭގެފާނުންގެ ކިބައިން ރިވާވެގެންވެޔޭ ހަމަ ކަށަވަރުން އެކަލޭގެފާނުން حديث ކުރެއްވިޔޭ اَنَّاسُ نِيَامٌ فَاِذَا مَاتُوا انْتَبَهُوْا  މި حديث ގެ معن އީ މީސްތަކުންނީ ނިދާފައިތިބޭ ބައެކެވެ. އެމީހުން މަރުވެއްޖިއްޔާ ހެއިލެވުނީއެވެ.  

މިދެކެވިދިޔަ ވާހަކައިގައި މިދެކެވި ދިޔައީ މަރުވެދާމީހުންގެ ލޯތައް އޮހޮރިދިޔުމަށް ފަހު ދެން އެމީހުންގެ حال ތައް ހުންނާނޭ ހަތަރު ގޮތުގެވާހަކައެވެ. ފަހެ، އެއިތެރޭގައި އެއްތަނެއްގައި قرار ވެތިބޭމީހުން ނާއި، އެތަންމިތާގައި ހިގަހިގާތިބޭ މީހުންނާއި، ނިދިފައި ތިބޭމީހުންނާއި، عذاب ލިބޭމީހުންނާއި ވެއެވެ. މިކަންކަން صحّ ކަމުގެ މައްޗަށް އެއްދަލީލަކީ، މާތްރަސްކަލާނގެ وحى  ކުރެއްވި މި آية އެވެ.   النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ މި آية  ން بَرْزَخْ ގެމައްޗަށް دليل ކުރެއެވެ.  

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-

 

 

މިއަދު އޮންލައިން