ބައިވެރިޔާ ކަންބޮޑުވެފަހުރިނަމަ ސަބަބުދެނެގަނެ ޙައްލުކުރަން އެންމެ ކާމިޔާބު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބައިވެރިޔާ ކަންބޮޑުވެފަހުރިނަމަ ސަބަބުދެނެގަނެ ޙައްލުކުރަން އެންމެ ކާމިޔާބު ގޮތް-

އަނބިމީހާ ކަންބޮޑުވެފައި ހުންނަތަން ފެނުމުން ކަންބޮޑުވެފައި ހުރީ ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ޖަވާބު ލިބެނީ އެތައް ފަހަރަކު ސުވާލުކުރުމުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟  

މިސުވާލަށް ޖަވާބެއްދޭން މަސައްކަތްކުރާނަމެވެ. އަހުރެންނަށް ވިސްނޭ ގޮތުގައި އަނބިންނަކީ އެމީހުންނާއިމެދު ރަނގަޅު ގޮތުގައި ކަންކަން ކުރެވޭނަމަ އެހައި ފަސޭހައިން ކަންބޮޑުވާ ބައެއް ބައެއް ނޫނެވެ. އަނބިން އުންމީދުކުރަނީ އޭނާ ކަންބޮޑުވެފައި ހުރިކަން ފިރިމީހާއަށް ފާހަގަކުރެވިއްޖެނަމަ ކަންބޮޑުވާންޖެހުނު ސަބަބުވެސް އެނގޭނެ ކަމަށެވެ. އެހެންވެ ފިރިމީހާކުރާ ސުވާލަށް ޖަވާބުނުދީ މަޑުކޮށްލަނީއެވެ.  

ދެން ބުނެލަން އޮތީ ފިރިމީހާއަކީ ރަނގަޅު ފިރިއަކުނަމަ އަނބިމީހާއަށް ކަންބޮޑުވާންޖެހުނު ސަބަބު އެނގޭނެއެވެ. ނުއެނގުނުނަމަ އެކަމުން އަންގައިދެނީ އަނބިމީހާގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ފިރިމީހާއަށް ނުދެވޭ ކަމެވެ. ދެވަނަ ގޮތަކީ އަނބިމީހާ ކަންބޮޑުވެގެންހުރި ސަބަބު ފިރިމީހާއަށް އެނގުނު ނަމަވެސް އެނގޭކަމަށް ހަދަން ބޭނުންނުވުމެވެ.  

އަހުރެންނަށް ފާހަގަކުރެވިފައިވާ ގޮތުގައި ފިރިމީހާއަށް ނުއެނގޭނެ، އަނބިމީހާގެ އަމިއްލަ ކަމެއްގައި ކަންބޮޑުވެގެން ހުރިނަމަ ފިރިމީހާ ފެންނައިރަށް ނުވަތަ ފިރިމީހާ އާއި ބައްދަލުވާއިރަށް ފުރަތަމަވެސް ދައްކާނީ އެކަމުގެ ވާހަކައެވެ. އެކަން އިރުކޮޅަކަށްވެސް ހިފަހައްޓައިލެވޭނީ ވަރަށް މަދު އަންހެނަކަށެވެ.  

ޙަޤީޤަތަށް ބަލައިފިނަމަ ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި އޮވެގެން ކުރިއަށްދާނަމަ ފިރިމީހާ ކަންބޮޑުވެފައި ހުރެއްޖެނަމަ އެކަމުގެ ސަބަބު އަނބިމިހާއަށްވެސް ވިސްނޭނެއެވެ. ނުވިސްނޭނީ ބޭރުތެރެއިން ދިމާވާ ކަންކަމުގެ ކަންކަން އެކަންޏެވެ.  

ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ވިސްނަންވީ އަނެކަކު ކަންބޮޑުވާ ސަބަބު އެނގޭނީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ކަމެވެ. ދެމަފިރިންގެ ދެމެދަށް ފިރިމީހާގެ ސަބަބުން ނަމަވެސް އަދި އަނބިމީހާގެ ސަބަބުން ނަމަވެސް އިތުރު މީހަކު ނުވައްދައި ދެމަފިރިން، ދެމަފިރިންގެ ގޮތުގައި ދިރިއުޅެގެންކަމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން