ކުރީ އަހަރުގެ ރަމަޟާން މަސް ނިމި އަހަރުވަނީއެވެ. ޝަޢްބާން ަމސް ފެށ ނިމެނީއެވެ. ކުރަން އޮތް އެންމެ މުހިންމު ކަންތައް ކުރެވިއްޖެ ހެއްޔެވެ؟ މިދައްކަނީ ސަބަބުތައް މެދުވެރިވެ ޤަޟާކުރަންޖެހުނު ރޯދައިގެ ވާހަކައެވެ.
ކުރީ އަހަރުގެ ރަމަޟާން މަސް ނިމުނީންސުރެ މިއަންނަނީ މިވާހަކަ ދައްކަމުންނެވެ. ރޯދައެއް ގެއްލިފައިވާނަމަ އަވަހަށް ހިފައި ހަމަކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. މިއަހަރުގެ ޝައުބާން މަސް ފެށިގެން ައިސް ނިމުމަކަށް އަންނަނީއެވެ.
ޝައްވާލު މަހު 6 ރޯދަ ހިފުމުން މުޅި އަހަރު ދުވަހު ރޯދަ ހިފިމީހެއްކަމުގައިވެ އެކަމުގެ ޘަވާބުލިބިގެންދަނީ ރަމަޟާން މަހުގެ ރޯދަ ހިފުމުންނެވެ. ޤަޟާކުރަންޖެހޭ ރޯދަތައްވެސް ޤަޟާކުރުމުންނެވެ.
ވީމާ ޝައްވާލު މަހު ހަ ރޯދަ ހިފުމުން ލިބޭނެކަމަށް ޙަދީޘްފުޅުގައި އެވާ ޘަވާބު ހޯދަން އެދޭމީހާ އަވަހަށް ޤަޟާ ކުރަންޖެހޭ ރޯދަތައް ހިފައި އަވަހަށް ހަމަކުރާށެވެ! ރަމަޟާންމަހުން ޤަޟާކުރަންޖެހޭ އެންމެ ރޯދައެއްވެސް ނުހިފައި ހުއްޓާ އެމީހަކަށް ޙަދީޘްގައިއެވާ ފަދައިން މުޅި އަހަރު ދުވަހުގެ ރޯދަ ހިފުމުން ދެއްވަވާ ނިޢްމަތް ނުލިބޭނެތެވެ!
ޝައްވާލު މަހު ހަރޯދަ ހިފުމަކީ ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެހެންކަމުން މިމަތިވެރި ހިދާޔަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންޖެހެއެ.
ފަހެ، އަބޫ އައްޔޫބު އަލްއަންޞާރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ» [رواه مسلم]
މާނައީ: "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ދެން ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ".
ރަނގަޅަށް ބަލާށެވެ! ޙަދިޘްފުޅުގައި އެއޮތީ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ދެން ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ"ގެ ވާހަކައެވެ. އެފަދައިން އޮތްކަމުގައިވީނަމަވެސް ޤަޟާކުރަންޖެހޭ ރޯދަތައް ފަހުން ހިފަން ބަހައްޓާފައި ޝައްވާލުމަހު 6 ރޯދަ ހިފުން އެންމެ ރަނގަޅުކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަތެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ފުރަތަމަ ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމަށެވެ.
ކޮންމެއަކަސް ޔަޤީންވާ ކަމަކީ ޝައްވާލު މަހުގެ 6 ރޯދަ ހިފައިންހުރި ނަމަވެސް ރަމަޟާން މަހު ނުހިފުމުގެ ސަބަބުން ޤަޟާކުރަންޖެހޭ ރޯދަތައް ހިފައި ހަމަނުކުރާހައި ހިނދަކު މިހަދީޘްފުޅުގައިވާ ފަދައިން މުޅި އަހަރު ދުވަހު ރޯދަހިފިމީހަކަށް ދެއްވަވާ ޘަވާބު ލިބިގެން ނުދާނެ ކަމެވެ.
މިމޭރުމުން ވިސްނައިލާށެވެ! ތިބާ ތިއަހެރީ ރަމަޟާންމަހުގެ ރޯދަވެސް ހިފުނުވަރަކަށް ހިފައިގެންވެ. ހަ ރޯދަވެސް ހިފައިގެންނެވެ. އެކަމަކު ރަމަޟާން މަހު ހިފަން އޮތީ 29 ނުވަތަ 30 ރޯދައެވެ. އެއިން ބައެއް މަދުވާނަމަ ރަމަޟާން މަހުގެ ރޯދަތައް ހިފުނުކަމަކަށް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން