އަނބިމީހާ ރީތިކޮށް ބައިންދަން ޚަރަދުކުރުމުން ޖީބަށް ތަނަވަސްކަން އިތުރުވި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަނބިމީހާ ރީތިކޮށް ބައިންދަން ޚަރަދުކުރުމުން ޖީބަށް ތަނަވަސްކަން އިތުރުވި މީހެއްގެ ވާހަކަ-

ކައިވެންޏަށް 3 ވަނަ އަހަރެވެ. އަނބިމީހާމަތިން ފޫހިވާން ފަށައިފިއެވެ. ރީތިކޮށް ނުހުންނާތީއެވެ. ފެންނަ އެެހން އަންހެނުން މާރީތިކޮށް ތިބޭތީއެވެ. އެހެންވެ ރީތިކޮށްތިބޭ އަންހެނުންނާއިއެކުގައި ވަޤުތުހޭދަކުރަން ފެށީމެވެ. އެކަމަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހެއެވެ.  

ދުވަސްކޮޅެއްވީތަނާ އަނބިމީހާގެމަތިން ފޫހިވެ ވަރިކުރުމުގެ ވިސްނުން އަންނަން ފެށުމުން އެކުވެރިއަކާއި މަޝްވަރާކޮށްލީމެވެ. އޭނާ ދެއްކި ވާހަކަތަކުން އަހުރެންގެ އަނގަ ބެދުނެވެ.  

އޭނާ ބުނީ ލަސްވެގެން ކޮންމެ 3 މަހަކުން އަނބިމީހާއަށް އައީ ހެދުން ގަނެދޭކަމަށެވެ. ސެލޫނަސް ފޮނުވައިގެން ރީތިކުރުވާކަމަށެވެ. މިއިން އެއްވެސް ކަމަކީ އަހުރެން ކުރާ ކަމެއް ނޫނެވެ. ކައިވެންޏަށްފަހު 3 އަހަރުވީއިރު ގަނެދެވުނީ އެންމެ 3 ހެދުމެވެ. އެއީ އެންވާސަރީއަށެވެ.  

ފިރިމީހާ ދިން ނަޞީޙަތާއި އެއްގޮތަށް ކަންކަން ބަދަލުކުރީމެވެ. އެގޮތަށް ކަންތައްކުރަން ފެށުމުން އަނބިމީހާ ފެންނަން ފެށީ ކައިވެނީގެ ކުރިންވެސް ފެނުނުހައި ރީތިކަންމަތީގައެވެ. އެހިސާބުން ހިލޭ އަންހެނުން ބެލުމަށް ކުރަމުން އައި ޚަރަދުތައް ކުރުން ހުއްޓާލައި އަނބިމީހާއާއިއެކު ވަޤުތުހޭދަކުރަން ފެށީމެވެ. ނަތީޖާޢަކަށްވީ ޖީބަށް ލުއިވެ އަތުގައި ފައިސާ ގިނަވުމެވެ.  

މިއީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެކެވެ. ކުރި ފައިދާ ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. އަޅުގަނޑަށް ކުރިން އުޅެވުނު ގޮތަށް އުޅެވޭ މީހުން ނިކަން ޢަމަލުކޮށް ތަޖުރިބާކޮށްލަބަލާށެވެ!

 

- ސަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން