ކުށެއް ނެތި އަނބިމީހާ ބާކީކޮށްލާ މީހަކު އެހެން އަންހެނަކާމެދު ރަނގަޅަށް ކަންކަންކުރާނެކަމަށް ޤަބޫލުކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކުށެއް ނެތި އަނބިމީހާ ބާކީކޮށްލާ މީހަކު އެހެން އަންހެނަކާމެދު ރަނގަޅަށް ކަންކަންކުރާނެކަމަށް ޤަބޫލުކުރަން ހެޔޮނުވާނެ!

ކައިވެނިކޮށްގެން ހުރި މީހަކާއިވެސް ރަނގަޅު ނިޔަތުގައި ގުޅުމަކީ ކުށެއް ކަމަކަށް ނުބުނާނަމެވެ. ސަބަބަކީ އޭނާއަށް އިތުރު އަނބިން ހުއްދައެވެ. އަދި ހަމަ ޙަޤީޤަތުގައިވެސް އޭނާއަކީ އިތުރު އަންތބަކަސް ބޭނުންޖެހިފައިވާ މީހަކަށްވެސް ވެދާނެއެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ އެކަމުގައި އަވަސްވެނުގަންނާށެވެ. އޭނާ ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ނުބަލައި ޤަބޫލުނުކުރާށެވެ! ސަބަބަކީ ދޮގުހަދާ މީހުން ގިނަކަމެވެ.  

ވިސްނާށެވެ! އޭނާއަކީ އޭނާގެ އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދޭ މީހަކުނަމަ، އަޅައިނުލާ މީހަކު ނަމަ ތިބާއަށް ސަމާލުކަންދީ އަޅައިލާނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ހަމަޔަޤީނުންވެސް ސަމާލުކަމާއި އަޅައިލުން ދޭން އޭނާއަށް އެންމެ ޙައްޤުކަން ބޮޑުވާނީ އޭނާގެ އަނބިމީހާއަށެވެ. ހަރުދަނާ މީހަކު އެކަމުގައި ފޭލެއް ނުވާނެއެވެ.  

އަދިވެސއް އެއކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ދޮން ބައްޕައަކަށް ނުވަތަ ދޮންމަންމައަކަށްވުމެވެ. ދޮންބައްޕައަށް ދޮންދަރިން ބަލަން މަޖުބޫރުވާނެއެވެ. އަދި ދޮންމަންމައަށްވެސް މަޖުބޫރުވާނެއެވެ. ދަރިންގެ މަންމައަކީ ރަނގަޅު އަންހެނަކަށް، ނުވަތަ ދަރިން ދެކެ ލޯބިވާ މަންމައަކަށްވުމަކީ ދަރިން ބެލުމުގެ ޒިންމާ އުފާނެކަން ޔަޤީންކުރަން އޮތް ސަބަބެއް ނޫނެވެ. މަދުން ނަމަވެސް މިއީ ދިމާވާ މައްސަލައެކެވެ.  

އަހުރެން ފަށަމުން ބުނިހެން މިބުނަނީ އެއްވެސް ޙާލެއްގައި މީހެއްގެ ފިރިއަކާ ނުގުޅުމަކަށް ނޫނެވެ. ގުޅޭނަމަ މިކަންކަމަށް ވިސްނައިގެން ޢަމަލުކުރުމަށެވެ. އަވަސްއަރުވާލައިގެން ކަންކަން ނުނިންމުމަށެވެ. ކިތަންމެ އަވަހަށް ކައިވެނިކުރަން ބޭނުންވިޔަސް އޭނާގެ ޙަޤީޤަތް ދެނެނުގަނެ ކައިވެނިނުކުރާށެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން