މާފުކުރަން އެންމެ އުނދަގޫ ކަމަޚީ ބޭވަފާތެރިވުންކަމަށް އެންމެންހެން ޤަބޫލުކުރެއެވެ. އެެހންކަމާއިއެކުވެސް އަނެކާދެކެ ލޯބިވާތީ، ނުވަތަ ދަރިން ތިބުމުން، ނުވަތަ ދިރިއުޅުމުގެ ޙާލަތު ހުންނަ ގޮތުން މާފުކޮށް ކެތެތރިވެދާނެއެވެ.
އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި ބޭވަފާތެރިވެގެން ގެއްލުނު ލޯބި ކުރިއާއި އެއްފެންވަރަށް އަލުން ލިބުމެއް ނޫނެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ޢަމްދުން ކުއްލިއަކަށް އެކަމެއް ނުވާނެއެވެ. އެފަދަ މައްސަލައެއް އިތުރަށް ނުޖެހި ގިނަ ދުވަސްތަކެއްވަން އެކުގައި އުޅެވިއްޖެނަމަ ރަނގަޅު ބަދަލެއްވެސް ފެނިދާނެއެވެ.
އެގޮތަށް ކަންތައް އެވަނީ އަނެކާ ގޯސްވެގެނެއް ނޫނެވެ. ހިތަށް ލިބުނު އަނިޔާއިން ސަލާމަތްނުވެވޭތީއެވެ. އެހެންވެ ދިމާވާ ގޮތަކީ ހަނދާން ނައްތާލަން އުޅުނުނަމަވެސް ހަނދާން ނައްތައިނުލެވުމެވެ. ހަނދާން ނައްތާލަން މަސައްކަތްކުރުމަކީވެސް ހަނދާންތައް އަުވާން ފަށާ ކަމެކެވެ. ވީމާ އެކަމަކީ ކުރަން އެހާފަސޭހަކަމަކަށް އޮންނަނީ ނުވެފައެވެ.
ވީމާ އަހުރެން ބުނާނީ ކައިވެންޏަށްފަހު އެކަކުވެސް ބޭވަފާތެރިނުވާށެވެ. ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ ވަފާތެރިކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން