ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން ރުހިގެން ދިއުމަކީ ޞަދަޤާތެއް! އެކަމަކު މަޖުބޫރުކުރުވައިގެން ގެންދިއުމެއް ނެތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފިރިމީހާގެ ޢާއިލާއާއިއެކު ދިރިއުޅެން ރުހިގެން ދިއުމަކީ ޞަދަޤާތެއް! އެކަމަކު މަޖުބޫރުކުރުވައިގެން ގެންދިއުމެއް ނެތް!: ބިލާލް
އައްސަދު

އަނބިމީހާއަށް ބޯހިޔާވަހިކަން ދެވޭނެ އަމިއްލަ ގެއެއް ފިރިމީހާގެ ނެތްނަމަ ކައިވެނިކޮށްގެން ދިރިއުޅޭނެ ތަނަކާއިމެދު މަޝްވަރާކުރުމަކީ ކައިވެނިކުރުމުގެ ކުރިން ކުރަން ޖެހޭނެ ކަމެކެވެ. ފަހުން ގޮތެއް ކަނޑައަޅަން އުޅުމުން ގިނަ ފަހަރު އޮންނަނީ އެކަން ބޮޑު ަމއްސަލައަކަށްވެފައެވެ.  

ކައިވެންޏަށްފަހު އަނބިމީހާ އިންނާނެ ތަނެއް ދެއްކުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ނަމަވެސް ތަނެއް ދެއްކުމުގެ ގޮތުން އަނބިމީހާގެ ނުޤަބޫލުގައި ގަދަކަމުން ގެންގޮސް ފިރިމީހާގެ ޢާއިލާ އާއިއެކު ދިރިއުޅެން މަޖުބޫރުކުރުމެއް ނެތެވެ.  

ފިރިމީހާގެ ޢާއިލާއިންވެސް އެކަމަށް މަޖުބޫރުކުރުމެއް ނެތެވެ. މަޖުބޫރުކުރާނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. އެކަމުގެ ސަބަބުން ގިނަ ފަހަރު އޮންނަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ފުރަތަމަ ކޮޅު ތަންކޮޅެއް އޮމާންކޮށް ކަންކަން ދިއަނަމަވެސް ދުވަސްކޮޅަކުން އޮންނަނީ ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެފައެވެ. އަބަދުހެން ޒުވާބުކުރަން ޖެހިފައެވެ.

ނަމަވެސް އަނބިމީހާ އެކަމަށް ރުހޭނަމަ ފިރިމީހާގެ ގެއަށް ގެންދެވިދާނެއެވެ. އެއިރުން އެކަންވާނީ އަނބިމީހާގެ ފަރާތުން ކުރެވޭ ޞަދަޤާތަކަށެވެ. ފިރިމީހާގެ ގެއަށް ގެންދިއަ ނަމަވެސް އަނބިމީހާއަކީ އަޅަކަށް ނުވަތަ ގޭގެ ނޯކަރަށް ހެދިއަދީގެންނުވާނެއެވެ.

އެހެންވެ ބުއްދިވެރިއަކު އޭނާގެ އަނބިމީހާއަށް ބުނެފައިވެއެވެ. "އަހުރެންގެ މައިންބަފައިންގެ އަޅަކަށް ނުވާށެވެ. އަދި އެމީހުންނަށް ނަފްރަތުވެސް ނުކުރާށެވެ. އަދި އެއްވެސްކަމެއްގައި އެމީހުންނަށް ބަރޯސާނުވާށެވެ."  

ހަމައެއާއިއެކު ތަޖުރިބާއަށް ބަލައި ބުނެވެން އޮތީ ކައިވެންޏަށްފަހު ދެމަފިރިން ވަކިން ދިރިއުޅެފައި މައިންބަފައިންނަށް އެމީހުންގެ ޙައްޤުތައް އަދާކުރާނަމަ އޮންނަން ޖެހޭ ގުޅުން މާރަނގަޅަށް އޮންނަ ކަމަށެވެ.  

އަނބިމީހާއަށް ބޯހިޔާވަހިކަން ﷲޯރުކޮށްދިނުމަކީ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤަކަށްވާއިރު މާލީގޮތުން ބަލައިފިނަމަ، ކައިވެނީގެ ރަން އަދާކުރުމާއި ކާންބޯންދިނުމާއި ބޭސްފަރުވާކޮށްދިނުމާއި އަންނައުނު ދިނުމާއި އަދި ފިރިމީހާގެ ކުރިމަތީގައި ޒީނަތްތެރިވާނެ ތަކެތި ހޯދައިދިނުމަކީވެސް ފިރިމީހާއަށް ކުރަންޖެހޭނެ ކަންކަމެވެ.

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން