ކައިވެނި ރޫޅި އެކަނިވެރިވެގެން ގެއަށް އަންނަ އަންހެންދަރިންނަށް އަޅައިނުލުމަކީ އެކުދިންގެ ދިރިއުޅުން ހަލާކުކޮށްލުން! އެހާބޮޑު އަނިޔާއެއްދޭން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައިވެނި ރޫޅި އެކަނިވެރިވެގެން ގެއަށް އަންނަ އަންހެންދަރިންނަށް އަޅައިނުލުމަކީ އެކުދިންގެ ދިރިއުޅުން ހަލާކުކޮށްލުން! އެހާބޮޑު އަނިޔާއެއްދޭން ހެޔޮނުވާނެ!

ވަރަށް ގިނައިން ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ. ކައިވެނި ފޭލްވެގެން އަންހެން ދަރިން އެނބުރި އައުމުން މަރުޙަބާ ނުކިޔާތަނުގައި ބަލައިގަންނަންވެސް ބޭނުމެއް ނުވެއެވެ. ބަލައިގަތަސް ޢޭނާއާއިމެދު ކަންކަން ކުރަނީ ވަރަށް ނިކަމެތި ގޮތަކަށެވެ. އެޙާލަތުގައި މިހާރު މިއުޅެވެނީ އިންބަފައިންނާއިއެކުގައިކަމަށް ޤަބޫލުކުރަން އުނދަގޫވާ ހިސާބަށްވެސް ކަންކަން ދެއެވެ.  

ހިތަށް ކެތްނުކުރެވި ވޭން އުފުލަމުން ދަނިކޮށް މީހަކު އޭނާގެ ކައިވެންޏަށް އެދިދާނެއެވެ. އެޙާލަތުގައި ބަލަންޖެހޭ ކަންކަމަށް ނުވެސް ބަލައި ރުހެނީ އަމިއްލަ ގެއިން ނުކުމެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ. އެކައިވެނީގައި އަނިޔާލިބެން ފެށުމުން މައިންބަފައިން ދެރަވެއެވެ. ކަންބޮޑުވެއެވެ. ދަރިފުޅާއިމެދު ކަންކަން ކުރެވުނު ގޮތް ވިސްނި ހިތާމަކުރަންޖެހެއެވެ.  

އެކުވެރި މައިންބަފައިންނޭވެ! އަންހެން ދަރިއަކު ކައިވެނިރޫޅި ޙާޅުގައި ޖެހިގެން އެނބުރިއަޔަސް ކުރިން މިބުނި ގޮތަށް ކަންކަން ނުކުރާށެވެ. ބަލައިގަންނާށެވެ. ހެޔޮކޮށްހިތާށެވެ. ލޯބިދޭށެވެ. ހިތްވަރުދޭށެވެ. މައިންބަފައިން މިތިބީ ދަރިފުޅާއިއެކުގައިކަން ޢަމަލުތަކުން އަންގައިދޭށެވެ. އޭނާއަށް ހަމަޖެހިލައިގެން އިނދެ ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރެވޭނީ އެއިރުންނެވެ.  

އަހުރެން މިވާހަކަކޮޅު މިދެއްކީ ކައުންސިލިން ހޯދަން އަންނަ ގިނަބައެއްގެ ކިބައިން މިމައްސަލަ ފާހަގަކުރެވޭތީއެވެ. އަންހެން ކުދިންނާއި މައިންބަފައިންގެ ކިބައިންވެސް ފާހަގަކުރެވެއެވެ. ރަނގަޅަށް ހަނދާންކުރާށެވެ. ކައިވެނި ރޫޅިގެން ނަމަވެސް އަންހެން ދަރިއަކު އެކަނިވެއްޖެނަމަ ޢެނާ އެއިނީ ބައްޕަގެ ބެލުމުގެ ދަށުގައެވެ. ނޫންނަމަ ވާރުތަވެރިންގެ ބެލުމުގެދަށުގައެވެ. އެހީތެރިވެދީ ބަލަހައްޓަން ޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން