ލޮބޯޓްރީ ޓެސްޓް ނޫނީ ސްކޭނަށް ބަލައިގެން ޢިއްދައިގެ މުއްދަތު ބަދަލެއް ނުކުރެވޭނެ! އެއީ ﷲ ގެ ނިންމެވުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ލޮބޯޓްރީ ޓެސްޓް ނޫނީ ސްކޭނަށް ބަލައިގެން ޢިއްދައިގެ މުއްދަތު ބަދަލެއް ނުކުރެވޭނެ! އެއީ ﷲ ގެ ނިންމެވުމެއް!

ބަލިވެއިންކަން ނުވަތަ ނޫންކަން ބެލޭނެ ގޮތްތައް މިހާރު އެބަހުއްޓެވެ. އެހެންކަމަށްވާއިރުވެސް ޢިއްދައިގެ މުއްދަތު (3 މަސް) ހަމަކުރަންޖެހޭނެތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ  

ޢިލްމީ ގޮތުން އިންސާނުން ކުރިއަރައިދިއުމަކީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމްފުޅަކަށް ގޮންޖެހޭނެ ކަމެއް ނޫނެވެ. އޮތީ ޢަމަލުކުރުމެވެ. ކިތަންމެ މޮޅު ސްކޭނެއް ނުވަތަ ޓެސްޓެއް ހަދައިގެން ނަތީޖާ ހޯދެން އޮތްނަމަވެސްމެއެވެ.  

އަންހެނުންގެ ޢިއްދައިގެ މުއްދަތު ބާވައިލެއްވެވީ ﷲ ތަޢާލާއެވެ. ވީމާ ކުރުކޮށްލުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. ވީމާ ވަރިކުރިއިރު އިނީ ބަލިވެނޫންކަމަށް ކިތަންމެ ގިނަ ޓެސްޓްތަކަކުން ދެއްކިނަމަވެސް އަންހެނުންނަށް ޖެހޭނީ ޢިއްދައިގެ މުއްދަތު ފުރިހަމަކުރާށެވެ. ﷲ ތަޢާލާގެ ނިންމެވުމަށް ޢަމަލުކުރާށެވެ!  

ތިރީގައިވާ ލިޔުންކޮޅަށް ބައްލަވައިލައްވާށެވެ!

ޤުރްއާނުގަވާ ޙުކުމަކަށް ގޮންޖެހޭނެ ޖަމިއްޔާއެއް ނެތެވެ. ގެންނަ ބަދަލު ނުވަތަ ބަދަލުގެނަޔަސް  މުސްލިމުން ބަލައެއް ނުގަންނާނެއެވެ. ތަކްރާރުކޮށް މާނަ އާއެކު ބައްލަވާލައްވާށެވެ!  

މި ޙުކުމަށް ގޮންޖަހާފައި ބައިނަލް އަޤްވާމީ ޖަމްޢިއްޔާ އޭ ބުނިނަމަވެސް މުސްލިމުން ގަބޫލު ކުރާނީ ޤުރްއާނާއި ސުންނަތުގައި އައިސްފައިވާގޮތެވެ. ތަކުރާރުކޮށް މާނަ އާއި އެކު ބައްލަވާލައްވާށެވެ!

حَمْلَهُنَّ ۚ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا 

"އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ. އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ." (އައްޠަލާޤް: 4 ) 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން