ކަނުމީހެއްގެ ގޮތުގަ މަޙްޝަރުކުރައްވަވާނެ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކަނުމީހެއްގެ ގޮތުގަ މަޙްޝަރުކުރައްވަވާނެ މީހަކަށް ނުވާށެވެ!

ޤުރްއާނާއި ތަޢާރަޒްވާގޮތަށް ޤާނޫނުތަކާއި ދުނިޔޭގެ އެންމެ ބޮޑެތި ޖަމިއްޔާތަކުގެ ނިންމުން ހުންނާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. އެމީހުންނަށް ބުނެލަން އޮތީ އެކަމަކަށް ތިބާގެ ބާރު ނުހިނގާ ކަންކަމަށް ކަންބޮޑުނުވާށެވެ! ތިބާގެ ހިތާއި ޢަމަލުތައް ޤުރްޢާނާއިއެކު ބާއްވާށެވެ. އެއިރުން ތިބާގެ ބައި އަދާކުރެވުނީއެވެ.  

މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ!   

 وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ  

އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް  ފޮނުއްވާހުށީމެވެ." (ޠާހާ: 124) 

މިހާރަކަށް އައިސް ގިނައިން އަޑުއިވެއެވެ. "ޤާނޫނުގައި އޮތީ މިހެންނެވެ. އދ ގެ ޗާޓަރުގައި އޮތީ މިވެނިގޮތަށެވެ. މިވެނި އެވެނި ޖަމިއްޔާއަކުން ބުނަނީ މިހެންނެވެ." އެގޮތްގޮތަށް ޤާނޫނުވެސް ބުނެފާނެއެވެ. އެޖަމިއްޔާތަކުންވެސް ބުނެފާނެއެވެ.

ސުވާލަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހެނީ ﷲ ތަޢާލާއަށް ކަމުގައިވާއިރު ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް ޢަމަލުނުކުރީމާ ދެންވާނީ ކިހނެއްހެއްޔެވެ؟ ތިބާގެ ދިފާޢުގައި ޤާނޫނު ހަދާ މަޖިލީހާއި މަޖިލީހުގެ ރައީސް އާއި މަޖިލިސް މެންބަރުންނަށް ނުވަތަ ސަރުކާރަށް އެދުވަހު ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟ އދ އާއި ޖަމާޢަތްތަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟  

ސަރުކާރުން ޤުރްއާނަށް ފުރަގަސްދީ ޢަމަލުކުރާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސަރުކާރަށެވެ. އެމީހަކު ޒިންމާވާންޖެހޭނީ އެމީހަކު ކުރިކަމަށެވެ. ވީމާ ތިމާ ކުރާ ކޮންމެ ކަމެއްވެސް ޤުރްއާނުގައިވާ ފަދައިން ކުރަން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް އެހުރެވެނީ ޤުރްއާނަށް ޢަމަލުކުރުމުގައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން