ނަމާދުގަ އަލްޙަމްދުކިޔުން ފުރިހަމަ ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް! ޢުމުރަށް ނުވިސްނާ ކޮންމެ ގޮތަކުން ނަމަވެސް ކިޔަވަން އަވަހަށް ދަސްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ނަމާދުގަ އަލްޙަމްދުކިޔުން ފުރިހަމަ ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް! ޢުމުރަށް ނުވިސްނާ ކޮންމެ ގޮތަކުން ނަމަވެސް ކިޔަވަން އަވަހަށް ދަސްކުރޭ!

ކޮންމެ މީހަކަށްވެސް އަޑު މަޚްރަޖު ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ކިޔަވަންވާ ގޮތަށް ކިޔެވުމެވެ. ތަޖުވީދުމަގުން ކިޔެވުމެވެ. އަކުރު އަކުރަށް ކިޔަން މަސައްކަތްކުރުމާއި މައްދުތަކަށް ރައްކައުތެރިވުމެވެ. ދެމުންތައް އެނގުމެވެ.

"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމެކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ.  

ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟  

"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު)އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ.   

މިތާ އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟  

އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ.

ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ.   

ވީމާ އުމުރުން ކިތަންމެ ދޮށިވެފައިހުރިނަމަވެސް ޤާރީން ގާތަށް ގޮސްގެން ނަމަވެސް، ރެކޯޑިންގ އަޑުއަހައިގެން ނަމަވެސް ތަޖުވީދުމަގުން އަލްޙަމްދުކިޔަން ދަސްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން