ދަރިން ނުލިބުމަކީވެސް އަދި ލަސްވުމަކީވެސް ޤިޔާމަތްދުވަސް ކާމިޔާބުކުރަން ދެއްވަވާ ފުރުޞަތެއް! ނިކަން މިގޮތަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިން ނުލިބުމަކީވެސް އަދި ލަސްވުމަކީވެސް ޤިޔާމަތްދުވަސް ކާމިޔާބުކުރަން ދެއްވަވާ ފުރުޞަތެއް! ނިކަން މިގޮތަށް
ޢަމަލުކޮށްބަލަ!

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ކައިވެންޏަށްފަހު ދަރިން ނުލިބި ލަސްވާނަމަ އެއީ ތިބާ ދުނިޔޭގައި ހުރެގެން އާޚިރަތަށް ފައިދާހުރިކަންކަން ކުރުން ގިނަކުރަން ޖެހޭކަން އަންގައިދޭ ކަމެކެވެ. އަދި އެއީ އެކަމަށް ދެއްވަވާ ފުރުޞަތެކެވެ. އެންމެ ބޮޑު ސަބަބަކީ ތިބާ މަރުވުމުން ތިބާއަށްޓަކައި ހެޔޮދުޢާކުރާނެ ދަރިއަކު ނުހުންނާނެ ކަމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ނިޢުމަތެއްވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. އަދި ކޮންމެ ނިޢުމަތެއް ދެއްވަވަނީވެސް ނުދެއްވަވަނީވެސް ހަމަ އަހުރެމެންނަށް ފައިދާއަކަށެވެ.  ދަރިންނަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތަކަށްވުމުން ނުދެއްވެވިނަމަވެސް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ.  

ﷲ ތަޢާލާ ތިމާއަށް ދަރިއަކު ނުދެއްވެވިނަމަ ޔަތީމް ކުއްޖަކު ބަލައި ބޮޑުކުރާށެވެ. ނުވަތަ ޔަތީމްކުއްޖަކަށް އެހީތެރިވެދޭށެވެ. އެއިރުން އެމީހަކަށް ސުވަރުގޭގެ އެންމެ މަތިން ދަރަޖަ ދެއްވަވާނެތެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވެސް ވެވޭނެތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

އެމަތިވެރި ނިޢުމަތް ލިބުމަށްޓަކައި ދަރިން ދެއްވެވިނަމަވެސް ތަނަވަސްކަން ހުރިނަމަ ޔަތީމް ކުއްޖަކު ބަލަހައްޓާށެވެ. އެއީ އާޚިރަތަށްޓަކައި ކުރެވޭނެ އެންމެ އަގުބޮޑު އެއް އިންވެސްޓްމަންޓަށް ވެގެންދާނެއެވެ. އިން ޝާ ﷲ

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ޔަޤީންކަން ލިބިފައިވާނެ ކަމަކީ އެމީހަކު މަރުވާނެކަމެވެ. ވީމާ ދަރިން ނުދެއްވަވައިފިނަމަ އެކަމަށް ކަންބޮޑުވެ ފިކުރުކުރަން ވަޤުތު ނަގައިނުލާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާފައި ތިމާގެ އާޚިރަތް ބާއްޖަވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަޤީޤީ ކާމިޔާބީއަކީ އާޚިރަތް ކާމިޔާބުކުރެވުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން