އާއިޝަތު ރަފާޙް ޢަލީ
ޙައްޖަށް މީހުން ގެންދަން ނުވަތަ ފޮނުވަން ބާރުއަޅަންޖެހޭކަމާއި އެކަމަށް ހޭލުންތެރިކުރުވަން މަސައްކަތްކުރަންޖެހޭކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އެކުވެރިންނަށާއި ޢާއިލާގެ މީހުންނަށް ވިސްނައިދޭށެވެ. ޙައްޖަށް ދިއުމަށްޓަކައި ކިތަންމެ މަދު މިންވަރަކުން ނަމަވެސް ފައިސާ ޖަމާކުރަން ވިސްނައިދޭށެވެ.
ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 27 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾
މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. (27)"
މުޝްރިކުން ﷲ ތަޢާލާއަށް ކާފިރުވާ ސަބަބު: ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 73 އަދި 74 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾ مَا قَدَرُوا اللَّهَ حَقَّ قَدْرِهِ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ﴿٧٤﴾
މާނައީ: "އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. (73) اللَّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74)"
ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ބަޔާންކޮށްދެއްވުން: ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 61 ވަނަ އާޔަތުން 64 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
ذَٰلِكَ بِأَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَأَنَّ اللَّهَ سَمِيعٌ بَصِيرٌ ﴿٦١﴾ ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ ﴿٦٢﴾ أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿٦٣﴾ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ ﴿٦٤﴾
މާނައީ: "އެހެނީ، ހަމަކަށަވަރުން، اللَّه، ދުވާލުގެތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، ރަސްކަލާނގެއެވެ. (61) އެހެނީ، ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެމަތިވެރި، އެންމެعظمة ތެރި ރަސްކަލާނގެއެވެ. (62) ހަމަކަށަވަރުން، اللَّه، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (63) އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. (64)"
މި އާޔަތްތަކުގައި ރޭގަނޑު ދުވާލަށް އަދި ދުވާލު ރޭގަނޑަށް ގެނައުމުގެ ޤާބިލުކަމާއި ކުޅަދާނަކަން އެކަލާނގެއަށް ލިބިވޮޑިގެންވާކަން ހާމަވެގެންދެއެވެ.