ކައްކަން ޝައުޤުވެރިނުވާ ދަރިން ޝައުޤުވެރިކުރުވަން ކުރެވިދާނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައްކަން ޝައުޤުވެރިނުވާ ދަރިން ޝައުޤުވެރިކުރުވަން ކުރެވިދާނެ ކަންކަން-

ބައެއް މައިން ބުނަނީ އެމީހުންގެ ދަރިން ކައްކަން ޝައުޤުވެރިނުވާކަމަށެވެ. އެއީ އެގޮތަށް ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. އަހުރެންގެ ވިސްނުމުގައި ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ ތަޢްލީމަށްވުރެވެސް އަންހެންދަރިންނަށް މުހިންމީ ކައްކަން އެނގުމެވެ. ސަބަބަކީ ކައްކަން ނުއެނގޭނަމަ ކައިވެންޏަށްފަހު ބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ.  

ކޮންމެ ދުވަހަކު ނޫން ނަމަވެސް، އެންމެ މަދުވެގެން ހަފްތާ ބަންދުގައި ނަމަވެސް އަންހެން ދަރިން ބަދިގެއަށް ވައްދުވާށެވެ. ތިބާއާއިއެކު ބަދިގޭގައި ގެންގުޅޭށެވެ. އެކި ކަންކަން ކުރުވާށެވެ. އަދި ދަސްވާވަރަކުން އަމިއްލައަށް ކައްކަން ބުނާށެވެ.  

ބައެއް މައިން ދަރިފުޅު ބަދިގެއަށް ނުވައްދަނީ ދަރިފުޅުދެކެ ލޯބިވާވަރުން ކަމަށްވެސް ވެދާނެއެވެ. އަހުރެން ބުނާނީ ދަރިފުޅުދެކެ ލޯބިވާނަމަ ބަދިގެއަށް ނުވައްދންވީއެއް ނޫނެވެ. ވައްދަންވީއެވެ. ބަދިގޭގެ މަސައްކަތާ ކައްކަން ދަސްކޮށްދޭންވީއެވެ.  

ކައްކަން ބޭނުންނުވާ ކުދިން ތައްޔާރީ ބާވަތްތައް ގަނެގެން ގެންނާނެއެވެ. ހޫނުކޮށްލައިގެން ކެވޭނެތީއެވެ. އެކަމަސްވެސް ދެކޮޅު ނުހަދާށެވެ. އެކަމަކު ބުނާށެވެ! "ތިއަ އެއްޗެތި އުފައްދާފައި ހުންނަނީ ޞިއްޙަތަށް ގެއްލުން ލިބޭ އެއްޗެތި އަޅައިގެންނެވެ. އެހެންވެ މަންމަ ވަރަށް ބިރުގަނެއެވެ. އަމިއްލައަށް ކެއްކީމާ މާޚަރަދުވެސް ކުޑަވާނެއެވެ. އިތުރުކުރެވޭ ފައިސާއިން ދަރިފުޅު ބޭނުންވާ ކަންކަން ކުރެވޭނެއެވެ."

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން