މިއަދުގެ ޚުޠުބާގައިވެއެވެ. "ތިމާގެ އަނބިމީހާޔާ ރޯދަމަހު ދުވާލު އެއްދާންކޮށްފި މީހާގެ މައްޗަށް އޮތީ އެކަމުގެ ކައްފާރާ ދިނުމެވެ. އެއީ އެގޮތަށް ދޫކޮށްލި ކޮންމެ ރޯދައަކަށް އަޅަކު މިނިވަންކުރުމެވެ.
އެކަމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންނުވާނަމަ އެމީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމެވެ. އެ ކަމުގެ ކުޅަދާނަކަން ވެސް އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ."
ހުކުރުން ފޭބުމާއިއެކު ބައެއް މީހުން އުފެއްދީ ރޯދަމަހު ދުވާލު ޒިނޭކޮށްފިނަމަ އެކަމުގެ ޙުކުމާއިމެދުގައެވެ. މަށާޖްޕާލާތަކާ ސެލޫންތައްވެސް ރޯދަމަހު ހުޅުވައި ޚިދުމަތްދޭކަންވެސް ފާހަގަކުރިއެވެ. އެހެންވެ އެސުވާލު ޝައިޚް މުޙައްމަދު ހަސަނަށް ދެންނެވުމުން ދެއްވި ޖަވާބަކީ:
ރަމަޟާން މަހުގައި ޒިނޭކޮށް ރޯދަ ފަސާދަކޮށްފި މީހާގެ މައްޗަށްވެސް މި ކައްފާރާވެ އެވެ. އަދި އޭނާ އަރައިގަނެފައިވާ ފާފަ އޭގެ އިތުރަށް ބޮޑުވެގެންވެ އެވެ. އެބަހީ އޭނާ އެވަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގަނެފަ އެވެ. އެއީ ޒިނޭ އެވެ. އެއިން އޭނާ ތަޥްބާވާން ޖެހެ އެވެ.
ފަސާދަ ކުރި ރޯދަ ހިފުމާއެކު، ކައްފާރާވެސް ދޭން ޖެހޭނެ އެވެ.
ޚުޠުބާ ތަކުރާރު މިކުރީވެސް އަދި މިސުވާލު ގެންނަން ޖެހުނީވެސް ރޯދައަށް ތިބެފައިވެސް ބިރެއް ނެތި މިފަދަ ކަންކަން ކުރާ ބައަކު ތިބޭތީއެެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އެކަންަކަމުން ގެއްލޭ ރޯދަވެސް ރޯދަ ދޫކުރުން ހުއްދަވާ ކަންކަމާއި ގުޅިގެން ދޫކުރެވޭ ރޯދަތައް ފަދައިން ޤަޟާކުރެވޭނެ ކަމަށެވެ. އެކަމަކު ކަމުގެ ޙުކުމްމުޅިން ތަފާތުކަން ޚުޠުބާއިންނާއި ޝައިޚުގެ ޖަވާބުން ސާފުވެލައްވާނެއެވެ.