މިފިރިމީހާ ފަދައިން ހުރިހާ ފިރިންވެސް ވިސްނާނެނަމަ ހާދަ ލޯބިން އެކުގައި އުޅެވުނީހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިފިރިމީހާ ފަދައިން ހުރިހާ ފިރިންވެސް ވިސްނާނެނަމަ ހާދަ ލޯބިން އެކުގައި އުޅެވުނީހެވެ!

އެއީ 24 އަހަރުގެ ޒުވާން އަންހެނެކެވެ. 20 އަހަރުގައި ކުރި ކައިވެނީގައި ކުރަންޖެހުނު އަނިޔާވެރިކަމުން ފުރިގެންވީ ތަޖުރިބާތަކުން މިހާރުވެސް ހުންނަނީ ބިރުންނެވެ. އެހެންވެ ފިރިމީހާ ރުޅިއަތުވެދާނެ އެއްވެސް ކަމެއް ނުކުރަން އޭނާ ގަދައަޅައި މަސައްކަތްކުރެއެވެ.  

ފިރިމީހާއަކީ ކުންފުންޏެއްގެ އިސްވެރިއެކެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. އެއްދުވަހު ގެއަށް އައިއިރު ހުރީ ނުކެއްކިއެވެ. ވަރަށް ޖެހިލުންވެ ހުރެ އެކަމަށް މާފަށް އެދިފައި ބުންޏެވެ. "މިއަދު ދަރިފުޅު އަބަދުހެން ރޮނީއެވެ. އެހެންވެ އަހުރެންނަކަށް ނުކެއްކެއެވެ. އަހުރެންނަށް މާފުކުރާށެވެ!"  

ޖަވާބުގައި ފިރިމީހާ ބުންޏެވެ. "ކަންބޮޑުނުވާށެވެ! އަހުރެން އަމިއްލައަށް ކައްކައިލާނަމެވެ. ދެމީހުންނަށް ކެވޭނެ ވަރަށެވެ!" ފިރިމީހާގެ ޖަވާބުން އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. ސުވާލުކުރިއެވެ. "އަހުރެން ދެކެ ރުޅިއެއް ނާންނާނަން ހެއްޔެވެ؟" ފިރިމީހާގެ ޖަވާބަކަށްވީ ތިއަބަލަނީ އަހުރެންގެވެސް ދަރިއެވެ. މިހާރުވެސް އެކުކުރަނީއެވެ. ދަރިފުޅު ގޮވައިގެން އިނުމަށްވުރެ ކެއްކުންވެސް މާފަސޭހައެވެ. އަދިވެސް ބުނަން ހެއްޔެވެ؟ އަހުރެން ތިބާއާއި ކައިވެނިކުރީ ކަމެއް ނުކުރެވޭއިރަށް ޝަކުވާކޮށް ރުޅިއަންނާކަށް ނޫނެވެ. އެކަމެއް ކުރަން ތިބާއަށް އެހީތެރިވެދޭށެވެ!"  

ލޮބުވެތި އެކުވެރިންނޭވެ! މިފިރިމީހާ ފަދައިން ހުރިހާ ފިރިންވެސް ވިސްނާނެނަމަ އަދި ޢަމަލުކުރާނެނަމަ ކޮންފަދަ އުފާވެރިކަމުގައި ދިރިއުޅޭނެ ހެއްޔެވެ؟ މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް އެއިގެ އަގަށް ބަލައިފިނަމަ ބޮޑުފަރުބަދައަކަށްވުރެ ބުރަދަން ބޮޑެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން