ކައިވެނިކުރުމުގެ ކުރިން ކޮށްލަންޖެހޭ މުހިންމު އިމްތިޙާނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކައިވެނިކުރުމުގެ ކުރިން ކޮށްލަންޖެހޭ މުހިންމު އިމްތިޙާނެއް!

ކައިވެނިކުރުމުގެކުރިން އަނެކާގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ކޮށްލަންޖެހޭ އިމްތިޙާނެއް އެބައޮތެވެ. އެއިމްތިޙާނަކީ ވަރަށް ފަސޭހައިން ކުރެވޭނެވެސް އިމްތިޙާނެކެވެ.  

ބުނާށެވެ! "ތިބާ ކުރި މިވެނި ކަމެއްގެ ސަބަބުން އަހުރެންނަށް މިވެނިއެވެނި އުނދަގޫތަކެއް އެބަވެއެވެ."

ޖަވާބުގައި އެކަން އެގޮތަށް ކުރިމަތިވީ އޭނާގެ ސަބަބުން ނޫންކަމާއި އަނެކާގެ ސަބަބުން ކަމަށް ބުނެފިނަމަ އެއީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގާނެ މީހެއް ނޫނެވެ. ކޮންމެ ކަމެއްވެސް އަޅުވާނީ އަނެކާގެ ބޮލުގައެވެ.  

އެއިގެ ބަދަލުގައި އޭނާއަށް ކުރެވުނު ކަންތަކުގެ ޒިންމާއުފުލައި މާފަށް އެދިއްޖެނަމަ އަދި ދެން އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށް ބުނެފިނަމަ އެއީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގާނެ އަދި ލުރެވޭ ކުށްތައް ޤަބޫލުކޮށް އެކަންކަން އިޞްލާޙްކުރާނެ ކަމުގެ ހެއްކެކެވެ.  

ވީމާ މިއީ ކައިވެނީގެ ކުރިން ކޮންމެހެންވެސް ކޮށްލަންޖެހޭނެ އިމްތިޙާނެކެވެ. އަނެކާގެ ޙަޤީޤަތް ދަސްކުރަންވީ ދައްކާ ވާހަކައަކުން ނޫނެވެ. މިފަދަ ގޮތްގޮތުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން