މަރުވުމުން ބައަކު ނުރޮއެފާނެތީ ކަންބޮޑުވުމެއް ނެތެވެ! ހިތާމަކުރަންވީ އުޑާއި ބިން ހިތާމަކޮށް ރޯނެ އަޅަކަށް ނުވެވިދާނެކަމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަރުވުމުން ބައަކު ނުރޮއެފާނެތީ ކަންބޮޑުވުމެއް ނެތެވެ! ހިތާމަކުރަންވީ އުޑާއި ބިން ހިތާމަކޮށް ރޯނެ އަޅަކަށް ނުވެވިދާނެކަމަށެވެ!

މިއަދު މިފެންނަނީ ގިނަ ބައަކު އަވަދިނެތި ދުނިޔެއާއި ބައްދައި އޮޅުލަމުންގެންދާތަނެވެ.

ދުނިޔެއިން މަތީދަރަޖައާއި މަތީ މަޤާމްތަކާއި ތަނަވަސްކަން އިތުރުކުރަން ހޭބޯނާރައި

އުޅޭތަނެވެ. އެކަންކަމުގައި އުޅެން ހަދައިގެން ފަރުޟު ނަމާދުތައް އެބަދޫކޮށްލައެވެ. އެކަމަކު ބުނަނީ ސުވަރުގެ ދެއްވެވުން އެދޭކަމަށެވެ.  

ފިރުއަޢުނަކީ ދުނިޔޭގައި މީހަކަށް ލިބޭނެ ހުރިހާ ނިޢުމަތްތަކެއް ﷲ ތަޢާލާ ދެއްވެވި އަޅެކެވެ. ބިޔަ ބޮޑު ރަސްކަމާއި ތަނަވަސްކަން ދެއްވެވިއެވެ. ނަމަވެސް ފިރުއަޢުނާއިމެދު ﷲ ތަޢާލާގެ ވަޙީބަސްފުޅު ނިކަން ދެކިބަލާށެވެ!  

ތިރީގައިވާ ޝައިޚް އަޙްމަދު ރިމާޒްގެ މިބަސްފުޅަށް ވިސްނާލަން ނަޞޭޙަތްތެރިވަމެވެ.  

ފިރްޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤްކުރެއްވުމާއި ގުޅިގެން ﷲ ވަޙީކުރައްވާފައިވެއެވެ: 

( فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ) سورة الدخان: ﴿٢٩﴾ 

މާނައީ: "ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ." 

މިޔާއި ޚިލާފަށް ސާލިޙު މުއުމިނު އަޅުން މަރުވުމުން އެބައިމީހުންގެ ވަކިވެ ދިއުމުގެ މައްޗަށް އުޑާއި ބިން ހިތާމަކޮށް ރޯނެތެވެ. އޭނާގެ ސާލިޙު އަމަލުތަކަށް އުޑު ހުޅުވިގެންދާ ދިއުން ބަންދުވުމާއި، އޭނާ ބިންމަތީގައި އަޅުކަންކޮށް އުޅުނު އުޅުން ނިމިދިޔަ ކަމުގެ މައްޗަށް ކަރުނަ އަޅާނެތެވެ.

މިއަދު އޮންލައިން