މިދައްކަނީ ނިދަން އެނދަށްއަރާ ވަޤުތުގެ ވާހަކައެއް ނޫނެވެ.
ޢާންމު ދިރިއުޅުމުގައިވެސް ދެމަފިރިން ބީހިލައި (ބައްދާލައިގެން) ލޯބިން
ވަޤުތުކޮޅެއް ހޭދަކުރުމުން ކުރާ ފައިދާ އެނގޭހެއްޔެވެ؟
އެއިގެ ތެރޭގައި ހިތުގެ ވިންދު ހަމަމަގަށް އެޅުން، ނާރުތަކުގައި ލޭހިނގުން ހަމައަކަށް އެޅުން އަދި ހިތަށް ހަމަޖެހުން ލިބުން ހިމެނެއެވެ. އެކަންކަމުގެ ސަބަބުން ސިކުނޑީގައި ހުންނަ ބުރަކަން (ލިބިފައިވާ ނުތަނަވަސްކަން) ފިލައިގެންދެއެވެ. ހުރިހާ ގޮތަކުންވެސް ހަމަޖެހުން ލިބެއެވެ. އެއީ މިބުނި ކަންކަމުގެ ސަބަބުން ހިތުގެ ހިނގުމަށް ހަމަޖެހުން ލިބޭތީއެވެ.
ބައެއް ފިރިން މަސައްކަތުން އެނބުރިއަންނަ ވަޤުތު އަނބިމީހާ ބައްދައިލަން އުޅުނަސް ނުރުހެނީ އެކަމުން ލިބޭ ހަމަޖެހުން ނުއެނގޭތީއެވެ. އެކަން އެނގޭ ފިރިން އަމިއްލައަށް އިސްނަގައިގެންވެސް އިރުކޮޅަކަށް ބައްދައިލާނެއެވެ. ދެރައީ ކިޔައިދިނަސް ތަޖުރިބާކޮށްލަންވެސް ގިނަ ބައަކު ބޭނުންނުވާކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން