ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ފިލާވަޅެއް! ބަލިވުމުން ފަރުވާ ލިބޭނެ ބޭސްނުކައި ތަދުކަނޑުވާ ބޭސްކޭ މީހާވީ މަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ފިލާވަޅެއް! ބަލިވުމުން ފަރުވާ ލިބޭނެ ބޭސްނުކައި ތަދުކަނޑުވާ ބޭސްކޭ މީހާވީ މަރު!

ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިއަ މީހެކެވެ.

ޑޮކްތަރު ބުނީ އޮތީ ދެގޮތެއް ކަމަށެވެ. އެއްގޮތަކީ ބަލީގެ ފަރުވާއަށް ކާންޖެހޭ ބޭސް ކެއުމެވެ. ދެވަނަ ގޮތަކީ ތަދުކަނޑުވާ ބޭސްކެއުމެވެ. އޭނާ އިކްތިޔާރުކުރީ ތަދުކަނޑުވާބޭސް ކެއުމެވެ. ނަތީޖާއަކަށްވީ ދުނިޔެ ދޫކުރަންޖެހުމެވެ.  

މިއީ ޢިލްމްވެރިން ވަރަށް ގިނައިން ދައްކަވާ މިޘާލެކެވެ. އަހުރެން މިމިޘާލު ބޭނުން މިކުރަނީ ޢާއިލީ ދިރިއުޅުމާއި ގުޅުވައިގެންނެވެ. ޒަވާޖީ ޙަޔާތާއި ގުޅުވައިގެންނެވެ.  

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނީއެވެ. މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި ކައިވެނި ރޫލައިލަން ނިންމީމާ ކަންތައް އެކުރެވެނީ ބައްޔަށް ފަރުވާ ކުރުމުގެ ބަދަލުގައި ތަދުކަނޑުވާ ބޭސްކެއި މީހާ ކަންތައްކުރި ގޮތަށް ނޫންހެއްޔެވެ؟  

ކައިވެނި ރޫޅާލައިފިނަމަ ކުރިމަތިވި މައްސަލަ ޙައްލު ނުކުރެވި ތިމާ ފޭލްވީ ނޫންހެއްޔެވެ؟ އެއިގެ ބަދަލުގައި ފައިދާކުރާނީ މައްސަލަ ޙައްލުކޮށް އެކުގައި އުޅުނީމައި ނޫން ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! އެއްވެސް މައްސަލައެއް ނުޖެހި އެކުގައި ދިރިއުޅެވޭނެ އެއްވެސް ދެމަފިރިއަކު ނުތިބޭނެއެވެ. ޢުމުރުން 90 އަހަރުވެ ކައިވެންޏަށް 70 އަހަރު ފުރުނު މީހުންނަށް ބަލާށެވެ! އެމީހުންނަކީވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވާ ބައެއް ނޫނެވެ. އެމީހުންނަށް އެކާމިޔާބީ ހޯދުނީ ކުރިމަތިވި މައްސަލަތައް ޙައްލުކޮށް ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރީތީއެވެ. ބަލިވުމުން ތަދުކަނޑުވާ ބޭސްކެއުމުގެ ބަދަލުގައި ބަލީގެ ފަރުވާ ލިބޭނެ ބޭސް ކެއީތީއެވެ.  

އަހުރެން ދެކެނީ މިދެވުނީ ވަރަށް އަގުހުރި މެސެޖެއް ކަމަށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން