ކިޔާލުން ވަރަށް މުހިންމު!: ގިނަ ބައަކަށް ޖިންނި އެންމެ ފަސޭހައިން ޙަމަލާދީ ހަށިގަނޑަށް ބާރުފޯރުވާ ވަޤުތާ އެކަމުން މެދުވެރިވާ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިޔާލުން ވަރަށް މުހިންމު!: ގިނަ ބައަކަށް ޖިންނި އެންމެ ފަސޭހައިން ޙަމަލާދީ ހަށިގަނޑަށް ބާރުފޯރުވާ ވަޤުތާ އެކަމުން މެދުވެރިވާ ކަންކަން!


ޖިންނިޝައިޠޯނުންގެ ކިބައިން ސަލާމަތްވެހުރުމަށްޓަކައި އީމާންކަން ވަރުގަދަކުރަންޖެހެއެވެ. އެއީ ތިމާއާއި ﷲ ތަޢާލާގެ ހަޟްރަތާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވުމަށްޓަކައެވެ. ނަމަވެސް މިއަދު ކަންތައް މިކުރެވެނީ ކިހިނަކުން ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ދުވާލަކު ނުވަތަ ހަފްތާއަކު ނުވަތަ މަހަކު ކިތައް ފަހަރު ޒިނޭކުރެވޭކަމާއިމެދުގައެވެ. ޒިނޭކުރާ ވަޤުތު ހަށިގަނޑުން އީމާންކަން ނުކުމެގެންދާނެއެވެ. އެވަޤުތުތަކުގެ ބޭނުން ޖިންނިޝައިޠޯނުންވެސް ހިފައެވެ. އަދި އެމީހުންގެ ހަށިގަނޑުގެތެރެއަށް ވަދެގެންވެސް ދެއެވެ.

އެހިސާބުން އެމީހާ ޖިންނި މޮޔަނުވެދާނެއެވެ. އެކަމަކު އެމީހަކު ލައްވައި އެއްޗެތިން ކުރުވަން ބޭނުންވާ ކަންކަން ކުރުވަން ފަށައެވެ. ފުރަތަމަ ކަމަކަށްވެސް އެމީހަކީ ނަމާދުކުރާ މީހަކުނަމަ ނަމާދުކުރުމާއި ދުރުހެލިކުރުވައެވެ. އެމީހަކު ލައްވައި ގޭތެރޭގައި ފިތުނަތައްވެސް އުފައްދުވަން ފަށައެވެ. މިހެންގޮސް ނުބައި ހުރިހާ ކަންކަން ކުރުވަން ފަށައެވެ.  

މީޙުންނަށް ހީވަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެ އޭނާގެ އުޅުން ގޯސްވަނީ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއިރު އޭނާއަށް އެހުރެވެނީ އެއްޗެތީގެ ބާރުގެ ދަށުގައެވެ. ނުބައި ކަންކަން އެކުރުވަނީ އެބާރުގައެވެ.  

ކުރިން ބުނިހެން އެކަން މީހުންނަކަށް ނުއެނގޭނެއެވެ. އޭނާ ދެކެ ރުޅިއަންނަމުންގޮސް އޭނާ ބާކީކޮށްލައެވެ. ބައެއް ފަހަރު ނިކަމެތިކަމާއިއެކު ގެއިން ނުކުމެގެންދާންވެސް ޖެހެއެވެ. ދެންވެސް އުޅެންޖެހޭނީ އެއްޗެތީގެ ބާރުގެދަށުގައެވެ.  

މިކަންކަން އެނގެނީ މިބުނި ފަދަ މައްސަލަތައް ޖެހިގެން އަންނަ މީހުންނަށް ރުޤްޔާކުރުމުންނެވެ. އަހުރެން މިކިޔައިދިނީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އެތައްފަހަރަކު ތަޖުރިބާއިން އެނގި ޔަޤީންކުރެވިފައިވާ ކަންކަމުގެ ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން