ބައިވެރިޔާ ކުށެއް ކޮށްފި؟ ޢޭނާއަށް މާފުކުރަންޖެހޭނެތަ؟ މިއީވެސް ގިނަބައަކު ކުރާ ސުވާލެކެވެ.
ވިސްނާށެވެ! މާފުކުރަންޖެހުމާއި ނުޖެހުމުގެ މައްސަލަ އިހަށް ދުރުގައި ބާއްވާށެވެ! ފުރަތަމަ ކަމަކަށް އޭނާއަށް ކުރެވުނީ ކޮން ކުށެއްކަމާއިމެދު ވިސްނާށެވެ! އެކުށުގެ ސަބަބުން މެދުވެރިވި ކަންކަމަށް ބަލާށެވެ! އެކުށުގެ ސަބަބުން ލިބުނު ދެރައަށްވެސް ބަލާށެވެ!
މިހެން ބުނުމުން ގިނަ މީހުން ބުނާނީ އިތުބާރު ގެއްލުނީ ކަމަށެވެ. އެހެންވެ ކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ. ސިޓީންރޫމްގައި ތިބި ދެމަފިރިންނެވެ. ފިރިމީހާ ރުޅިއައިސްގެން އުޅެނީ އަނބިމީހާ ހިލޭ ފިރިހެނަކާއި ފޯނުން ވާހަކަދައްކައިގެންނެވެ. އެހެންވެ ފޯނު އަތުލިތަނާ އައީ ކޯލެކެވެ.
"ލޫސީ! މިވަރަށް ކިޔާއިރުވެސް އަދިވެސް ބައްދަލެއް ނުކުރަމެއްނު! ބޭނުން ވާހަކަ ދައްކާލަން ބައްދަލުވެލަން!" އެހިސާބަށްދާއިރަށް ފިރިމީހާ ފޯނުކަނޑައިލިއެވެ. އެވަޤުތު ފިރިމީހާގެ ފޯނަށް ކޯލެއް އަންނަން ފެށީމާ އަނބިމީހާ ފޯނު ސްޕީކަރަށް ލިއެވެ. "ކީއްވެތަ މިރޭ ނައީ؟ ރޭގަ ކޮސްދެވުނުވަރު ކަމުނުދިއައީތަ؟" އެހިސާބުން އަނބިމީހާ ފޯނު ކަނޑައިލިއެވެ. މިޙާދިށާގެ އިދިކޮޅަށްވެސް ކަންކަން ހިނގާނެއެވެ. މިއީ އެފަހަރު ކަންތައްވީގޮތެވެ.
ދެން ނިކަން ބުނެބަލާށެވެ! ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލާށެވެ! އިތުބާރަށް މިވީ ކިހިނަކުން ހެއްޔެވެ؟ ވީމާ ކޮންމެ ކަމެއްގައިވެސް ވިސްނަންވީ މިފަދަ މައްސަލަތަކަށެވެ. އިތުބާރަކީ ދެމީހުންވެސް ހިަފަހައްޓައި ނަގަހައްޓަންވެސް ޖެހޭ އެއްޗެކެވެ.
ވީމާ ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ މާފުކުރުމާއިމެދު ގޮތް ނިންމަންވާނީ ވަރަށްބޮދަށް ވިސްނައިފައެވެ. ނޫންނަމަ ފަހުން ކުރަންޖެހިދާނެ ހިތާމަ އޮންނާނީ މާބޮޑުވެފައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް