ބައެއް ކަނބަލުންނަށް ގޭގައިންނަން ކަންބޮޑުވެވެނީ ގޭގައިނުމުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ނުވިސްނޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ބައެއް ކަނބަލުންނަށް ގޭގައިންނަން ކަންބޮޑުވެވެނީ ގޭގައިނުމުން ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ނުވިސްނޭތީ!

ލޮބުވެތި މުސްލިމް އުޚްތެވެ. ތިބާގެ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ލެހެއްޓެވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިހިރަ ކަންތައްތަކާމެދު ސަމާލުވާށެވެ. ކާމިޔާބީއަށްޓަކައެވެ. 

1         ދީނުގެ ކަންތައްތަކަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. ދީނުގެ ކޮންމެ ކަމަކަށްވެސް ރައްކާތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ރައްކާތެރިވާށެވެ. ދީނަށް އަލަށް ވަންނަ ކަންތައްތަކަށް (ބިދުޢަތަކަށް) ސަމާލުކަން ދޭށެވެ. އެހެނީ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. 

2         ފަރްޟް ފަސްނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ. އެންމެ ނަމާދެއްވެސް ނާޅާށެވެ. ނަމާދު އޭގެ ވަޤުތުގައި އަދާކުރާށެވެ. ނަމާދު ފަހުންކުރަން ފަސްނުކުރާށެވެ. ކަމެއްކުރަން ހުއްޓައި ނަމާދު ވަޤުތު ޖެހިއްޖެނަމަ އެކަމެއް މަޑުޖައްސާލާފައި ނަމާދުކުރުމަށް އަވަސްވެ ގަންނާށެވެ. އެހެނީ ނަމާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އަދި ތިބާއާއި އެއިލާހުގެ ޙަޟްރަތާއި ގުޅުވައިދޭ ވާފަށެވެ. 

•3         ފުރިހަމަ އިސްލާމީ ޖިލްބާބުން ޙިޖާބުވާށެވެ. ތިބާގެ ރައްކާތެރިކަމަކީ އެއީއެވެ. 

4         ޣީބަބުނުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުން ފަދަ ހެޔޮކަންތައްތައް ފުހެލާ ކަންތައްތަކާ ގާތްނުވާށެވެ. އެހެނީ ފެން އަލިފާން ނިވާފަދައިން އެފަދަ ކަންތައްތައް ހެޔޮކަންތައްތައް ފުހެލައެވެ. 

5        ހުޅަނގުގެ ފިކުރުތަކަށް ތިބާގެ ނަފްސު ހެއްލުނަ ނުދޭށެވެ. އެއީ ޝައިޠާނާގެ މަގެވެ. ހުޅަނގުގެ މީހުން ކުރާ ކަންތައްތައް ނަކަލު ނުކުރާށެވެ. އެމީހުން ހެދުންއަޅާގޮތާއި، ބޮލުގެ އިސްތަށިގަނޑު ހަދާގޮތާއި، ޒީނަތްތެރިވާ ގޮތްތައް ނަކަލު ނުކުރާށެވެ. އެކަންކަމަށް ހިތްކިޔަ ނުދޭށެވެ. ދެއްކުންތެރިކަމުން ދުރުހެލިވާށެވެ. ތިބާގެ ޒީނަތްތެރިކަން ތިބާގެ ފިރިމީހާގެ ކުރިމަތީގައި މެނުވީ ހާމަނުކުރާށެވެ. 

•6         ގެއާއި ދަރީން ދޫކޮށް އެއްވެސް ބޭނުމެއްނެތި ގިނަވަގުތު ބޭރުގައި ނޫޅޭށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. 

وَقَرْنَ فِي بُيُوتِكُنَّ  (الأحزاب: ٣٣).  "އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެތަކުގައި އިޤްރާރުވެ ތިބޭހުށިކަމެވެ." (ސޫރަތުލް އަޙްޒާބް: 33).  

އިމާމް ޛަހަބީ ވިދާޅުވާގޮތުގައި: "ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނު އަންހެން ތަކުންނާއިމެދު އެންމެ ބޮޑަށް ރުހިވޮޑިގެންވަނީ، އެކަނބަލުން ގޭގައި ތިބޭ ވަގުތު ތަކުގައެވެ. އަދި އެކަނބަލުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެދޭނަމަ، އެކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކޮށް އެކަނބަލުންގެ ފިރިންނަށް ހެޔޮކޮށް ހިތައި ހަދާށެވެ." 

•         އާޚިރަތް ހަނދުމަކުރުން ހަނދާންނައްތާ ނުލާށެވެ.

•         ތިބާގެ ފިރިމީހާއާއި މައިންބަފައިންނަށް ފުރިހަމައަށް ކިޔަމަންވާށެވެ.

•         މުޖްތަމަޢުގައި ހުންނަ ޝައިޠާނީ އަޘަރުތަކުން ދުރުހެލިވާށެވެ. ކޭބަލްޓީވީއާއި، ޚުރާފާތްތަކާއި ރާއްސާއި (ހޮރަސްކޯޕް) ފާޙިޝް މަންޒަރުތައް ޖަހާފައި ހުންނަ މަޖައްލާތަކާއި، މިޔުޒިކާއި، ފިރިހެނުންނާއި މަސްހުނިވުމުން ދުރުހެލިވާށެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު 

=މުޖްތަމަޢުގެ މުތްތައް=

މިއަދު އޮންލައިން