"އެންޒައިޓީ" އާ ހަނގުރަމަކުރަމުންގެންދާ މީހުންނަށް އެހީތެރިނުވުމަކީ ﷲ ސުވާލުކުރައްވަވާނެ ކަމެއް!: ޔާސްމީން މުޤާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
"އެންޒައިޓީ" އާ ހަނގުރަމަކުރަމުންގެންދާ މީހުންނަށް އެހީތެރިނުވުމަކީ ﷲ ސުވާލުކުރައްވަވާނެ ކަމެއް!: ޔާސްމީން މުޤާހިދު

ފުރަތަމަ ބަލައިލަންވީ އެންޒައިޓީއަކީ ކޮބައިތޯއެވެ. ހަމަ ޔަޤީނުންވެސް އެއީ ބައްޔެއް ނޫނެވެ. އެކަމަކު މުޅި ހަށިގަނދަށް ވޭން އަޅާކަމެކެވެ. ވޭން އަޅަނީ ކުއްލިއަކަށް ކުރިމަތިވާ ކަމަކުން ނޫނެވެ. ހިތަށް އުނދަގޫވަމުން އަންނަ ކަމެއް ޙައްލުނުކުރެވި ގިނަ ދުވަސްތަކަކަށް ދެމިގެންދާތީއެވެ.  

ވީމާ އަހުރެމެންނަށް ކުރަން އޮތްކަމަކީ އެކަމުން އޭނާ ސަލާމަތްކުރުމެވެ. އެކަމަށް ކުރަން އޮތީ ދެކަމެކެވެ. ފުރަތަމަ ކަމަކީ މައްސަލަ ޙައްލުކޮށްދީ ވޭން އެޅުން ހުއްޓުވުމެވެ. އެކަން ކުރެވެން އޮތީ އޭނާއަށް ދިރިއުޅެންޖެހިފައިވާ ޙާލަތު ބަދަލުކުރުވައިގެންނަމަ އެކަންވެސް ކޮށްދޭންޖެހޭނެއެވެ.  

އެއީ ޢާއިލާގެ ޒިންމާއެކެވެ. އެކުވެރިންގެ ޒިންމާއެކެވެ. އަދި މުޖުތަމަޢުގެވެސް ޒިންމާއެކެވެ. އެކަމަކު ގިނަ ފަހަރު ކަންކަން ވަނީ އެހެނެއް ނޫނެވެ. ހިތަށް އަނިޔާލިބި މީހަކު އެކަމުގައި ހަލާކުވެގެން ދިއަޔަސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. ކެތްތެރިވާން ބުނެލާފައި ނިންމައިލެވެނީއެވެ.  

އެންޒައިޓީއެވެ މިކިޔާ މައްސަލަ ކުރިމަތިވަނީ ކެތްތެރިވާން މަސައްކަތްކުރުމުންނެވެ. ނުރުހިވެސް ހިތަށް ލިބޭ އަނިޔާއަށް ކެތްތެރިވާން މަސައްކަތްކުރެވޭތީއެވެ. މައްސަލަ ޙައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅޭތީއެވެ. ގިޔަވަޅު އެޅުމުގެ ހިތްވަރު ލިބިނުގަނެވޭތީއެވެ. ވީމާ އެންމެންގެ މަސައްކަތުންވެސް ކޮށްދޭންޖެހޭ ކަމަކީ އެހިތްވަރު އޭނާއަށް ހޯދައިދީ އަދި އެއަނިޔާއިން އޭނާއަށް ސަލާމަތްވެވޭނެ މަގެއް ދައްކައިދިނުމެވެ. އޭނާގެ ޢަބުރާއި ޢިއްޒަތް ނުގެއްލޭނެ ގޮތަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭނެ ގޮތަށެވެ.  

މިމަމަގުން ޢަމަލުނުކޮށް އަނިޔާލިބެން އޭނާ ދޫކޮށްލުމަކީ އެކަމުގައި ޒިންމާ އުފުލަންޖެހޭ އެންމެންނާއިވެސް ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ކަމެކެވެ. ﷲ ތަޢާލާގެ އަލަކު އެޙާލުގައި ދޫކޮށްލީތީއެވެ.

 

- މަޢުޅުމާތު: ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން