ދުޢާކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ކުރއްވާ ގިނަ ސުވާލުތަކަކަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ
ﷲ
ދުޢާ އިޖާބަ ކުރައްވާ ވަގުތުތަކާއި، ޙާލަތްތަކާއި، ތަންތަން
1- ލައިލަތުލްޤަދްރި (ވިލޭރޭ)
2- ރޭގަނޑުގެ ފަހުބައި، އަދި ހާރުދަންވަގުތު
3- ފަރުޟު ފަސްނަމާދުގެ ފަސް
4- ބަންގިއާއި ޤަމަތާއި ދެމެދު
5- ކޮންމެ ރެއެއްގެވެސް ސާޢަތެއް
6- ފަރުޟު ނަމާދަށް ބަންގިގޮވާވަގުތު
7- ވާރޭވެހޭ ވަގުތު
8- ﷲ ގެ މަގުގައި ޖިހާދުކުރަން ސަފުތައް ކުރިޔަށް ޖެހޭވަގުތު
9- ހުކުރު ދުވަހުގެ ވަގުތު ކޮޅެއް، އެއީ الرَّأْيُ الرَّاجِح ގައިވާގޮތުން ނަމަ ޢަސުރުގެ ސާޢަތްތަކުގެ ތެރެއިން އިރުއޮއްސުމުގެ ކުރީގެ ސާޢަތެއް
10- ތެދު ނިޔަތަކާއެކު ޒަމްޒަމް ފެން ބޯވަގުތު
11- ނަމާދުގެ ސަޖިދާގައި އޮންނަ ވަގުތު
12- الفاتحة سورة ކިޔަވައި އެސޫރަތުގައި ކިޔެވޭ ތަކެތި ޙާޟިރު ކޮށްގެންފިހިނދު
13- ركوع ން ބޯއުފުލާލުމަށްފަހު "رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيْرًا طَيِّبًا مُبَارَكًا فِيْهِ" ކިޔާހިނދު
14- ނަމާދުގައި އާމީން ކިޔާވަގުތު
15- ހާގޮވާ ވަގުތު
16- މެންދުރު (ނަމާދުގެ) ކުރިން އިރުމެދު އުޑުން ފިލައިދާވަގުތު ކުރާ ދުޢާ
17- ﷲ ގެ މަގުގައި ޖިހާދުކުރާ މީހާގެ ދުޢާ
18- ޙައްޖު ވެރިޔާގެ ދުޢާ
19- ޢުމްރާ ވެރިޔާގެ ދުޢާ
20- ބަލިމީހެއްގެ ކައިރީގައި ކުރާ ދުޢާ
21- ރޭގަނޑު ނިދިން ހޭލާ ހިނދު، އަދި އެވަގުތުގައި ކުރަން ވާރިދުވެފައިވާ ދުޢާކަމަށްވާ لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ، الْحَمْدُ للهِ، وَسُبْحَانَ اللهِ، وَلاَ إلَهَ إلاَّ اللهُ، وَالله أَكْبَرُ ، وَلاَ حَولَوَلاَ قُوَّةَ إِلاَّ بِا اللهِ" މިހެން ކިޔައި ދެން " اللهُمَّ اغْفِرْلِى " ކިޔައިފިނަމަ ( ނުވަތަ ދުޢާ ކޮށްފިނަމަ) އެމީހަކަށް އިޖާބަ ދެއްވޭނެތެވެ. ދެން ވުޟޫކޮށް ނަމާދުކޮށްފިނަމަ އެމީހެއްގެ ނަމާދު ޤަބޫލުކުރެއްވޭ ހުއްޓެވެ.
22- طاهر ކަންމަތީ ނިދުމަށް ފަހު ރޭގަނޑުގެ ވަގުތެއްގައި ހޭލައި ކުރާ ދުޢާ
23- لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ މިހެން ކިޔައި ދުޢާކުރާހިނދު
24- މީހަކު މަރުވުމަށްފަހު މީސްތަކުން ކުރާދުޢާ
25- ފަހު އައްތަޙިއްޔާތުގައި ﷲ އަށް ޘަނާ ދަންނަވައި نبي صلّى الله عليه وسلّم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު ކުރާ ދުޢާ
26- އެނަންފުޅަކުން ދުޢާ ދެންނެވިއްޖެ ނަމަ އިޖާބަކުރައްވާ، އަދި އެނަންފުޅަކުން ކަމަކަށް އެދެވިއްޖެނަމަ އެކަމެއް ދެއްވާ، ﷲ ގެ މަތިވެރި ނަންފުޅަކުން ދުޢާ ދަންނަވާހިނދު
27- މުސްލިމަކު އޭނާގެ އަޚާ ނެތްތަނެއްގައި އޭނާއަށް ކުރާ ދުޢާ
28- عرفة ދުވަހު ޢަރަފާތުގައި ހުރެ ކުރާ ދުޢާ
29- ރަމަޟާން މަހުގާ ކުރާދުޢާ
30- ޛިކުރުގެ މަޖްލިސްތަކަށް މުސްލިމުން جمع ވާ ވަގުތު
31- މުޞީބާތެއް ދިމާވުމުން " إنَّاللهِ وَإِنَّا إلَيْهِ رَاجِعُونَ، اللهُمَّ أَجْرْنِى فِيْ مُصِيْبَتِيْ وَأخْلِفْ لِيْ خَيْرًا مِنْهَا " މިހެން ކިޔައި ދުޢާ ކުރާހިނދު
32- ﷲ އަށް، އެމީހެއްގެ ހިތް ކުރިމަތިކޮށް، އިޚްލާޞް ތެރިކަން ގަދަވެއްޖެހިނދު ކުރާ ދުޢާ
33- އަނިޔާ ލިބިފައިވާ މީހާ އޭނާޔަށް އަނިޔާ ދިންމީހާއަށް ކުރާ ދުޢާ
34- ބައްޕަޔަކު އޭނާގެ ދަރިފުޅަށް ކުރާ ދުޢާ
35- ދަރިޔަކު އޭނާގެ ބައްޕައަށް ކުރާ ދުޢާ
36- ދަތުރުވެރިޔާގެ ދުޢާ
37- ރޯދަވެރިޔާ ރޯދަ ވީއްލައިފުމަށް ދާންދެން ކުރާ ދުޢާ
38- ރޯދަވެރިޔާ ރޯދަ ވީއްލާހިނދު ކުރާ ދުޢާ
39- މަޖްބޫރުވެފައިވާ މީހާގެ ދުޢާ
40- ޢަދުލުވެރި އިމާމު ( އެބަހީ إسلامي شريعة ގައި ކަޑައެޅިފައިވާ ގޮތުގެ މަތީން ހޮވިފައިވާ އިންސާފުވެރި ވެރިޔާ) ގެ ދުޢާ
41- މައިން ބަފައިންނަށް ހެޔޮކޮށް ހިތާ (ކިޔަމަންތެރި ހެޔޮލަފާ ) ދަރިފުޅު އޭނާގެ މައިން ބަފައިންނަށް ކުރާ ދުޢާ
43- ކުޑަ ޖަމްރާއަށް ހިލަ އުކުމަށްފަހު ކުރާ ދުޢާ
44- މެދު ޖަމްރާއަށް ހިލައުކުމަށްފަހު ކުރާ ދުޢާ
45- ކައުބަތުﷲ (ގެފުޅު) ތެރޭގައި ކުރާ ދުޢާ، ޙިޖްރު އިސްމާޢީލް ތެރޭގައި ނަމާދު ކޮށްފިނަމަ ބެލެވޭހުށީ އެމީހަކު އެނަމާދު ކުރީ ގެފުޅުތެރޭގައި ކަމެވެ.
46- طواف ކުރަމުން ކުރާ ދުޢާ
47- ޞަފާ (ފަރުބަދަ) މަތީ ހުރެ ކުރާ ދުޢާ
48- مروة (ފަރުބަދަ) މަތީ ހުރެ ކުރާ ދުޢާ
49- ޞަފާ ފަރުބަދައާއި مروة ފަރުބަދައިގެ ދެމެދުގައި ހިނގަމުން ކުރާ ދުޢާ
50- ރަމަޟާން މަހު ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ކުރާ ދުޢާ
51- ذوالحجة މަހުގެ ފުރަތަމަ ދިހަދުވަހުގައި ކުރާދުޢާ
52- ( مزدلفة ގައި ހުންނަ) المشعر الحرام ކައިރީގައި ހުރެ ކުރާ ދުޢާ
އަދި މުއުމިނު އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އޭނާވީ ކޮންމެ ތަނެއްގައި، އަދި ކޮންމެ ގަޑިއެއްގައި ވިޔަސް، ދުޢާކުރަންވީއެވެ. ނަމަވެސް އިސްވެދިޔައީ ބޮޑަށް އަޅާލުންތެރިކަން ބަހައްޓަންވީ ވަގުތުތަކާއި ޙާލަތްތަކާއި ތަންތަނެވެ. ފަހެ، ހަމަކަށަވަރުން الله تعالى ގެ އިޛްނަފުޅާއެކު އެއީ، ދުޢާ އިޖާބަކުރައްވާ ޙާލަތްތަކެވެ.
- ޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ލިޔުއްވުމަކުން