ދެމަފިރިން ކަމުގައިވުމަސްފަހު ދެބަސްވުންތައް މަދުކުރަންވާނެއެވެ. ޚިޔާލުތަފާތުވެ ދެބަސްވާންޖެހުނަސް ޒުވާބަކަށް ހަދައިގެން ނުވާނެއެވެ. ދެބަސްވެލަންޖެހޭ ފަހަރު ކުޑަކޮށް ދެބަސްވެލާށެވެ. ނަމަވެސް އެއީ ބޮޑުކަމަކަށް ނުހަދައި ނިންމާލަންވާނެއެވެ.
އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ މީހުންނަށް ދިމާވާ ގޮތަށްބަލާއިރު ބައިވެރިޔާމަތިން ފޫހިވެ ކައިވެނި ރޫޅެން ގިނަ ފަހަރު ދިމާވަނީ ދެބަސްވާތީއެއް ނޫނެވެ. އަނެކާއަށް ލިބެންޖެހޭ ގާތްކަން ނުލިބޭތީއެވެ. ބޮޑާހާކައި އެކަމަށް ދެކޮޅުހަދާތީއެވެ.
ބޭނުންވާ ގާތްކަން ނުލިބޭނަމަ އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް ފޫހިވާން ފަށާނެއެވެ. އެފޫހިކަން ބަދަލުވާނީ ނަފްރަތަށެވެ. އެހިސާބުން އެމީހަކު ބޭނުންވާނީ ކައިވެނި ނިންމާލައި އިތުރުގޮތެއް ހޯދާށެވެ!
ކުދިކުދި ކަންކަމަށް ދެބަސްވެފައިވެސް ބައިވެރިޔާއާއި އެބަ ދުރުހެލިވެއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ދެބަސްވާ ކޮންމެފަހަރަކު ބައިވެރިޔާއާއި ދުރުހެލިވާން ވެއްޖެނަމަ އަހަރުގެ ގިނަ ދުވަސްތަކުގައި ދެމީހުންނަށް ތިބެންޖެހޭނީ ދުރުހެލިވެގެންނެވެ. މިހެން އެކަން ވާންވެއްޖެނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންދާނީ ހީނަރުވަމުންނެވެ. ހީނަރުވަމުންގޮސް ދާނީ ކެނޑިގެންނެވެ.
މިކަންކަމަށް ވިސްނައިފިނަމަ ދިރިއުޅުން ކާމިޔާބުކުރެވޭނެއެވެ. އުފަލުގައި އެކުގައި އުޅެވޭނެއެވެ. ކައިވެނި ރޫޅެންޖެހުން ބޮޑުތަނުން މަދުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން