ދެއްވަވާނެ ކަމަށް މިއާޔަތްތަކުގަ އަންގަވާފައިވާ ޢަޛާބު ނުދެއްވަވާނެކަމަށް ނުވަތަ އެޢަޛާބަށް ކެތްތެރިވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

ކިޔުމަށް ހޭދަވާނީ 4މ 59ސ
ދެއްވަވާނެ ކަމަށް މިއާޔަތްތަކުގަ އަންގަވާފައިވާ ޢަޛާބު ނުދެއްވަވާނެކަމަށް ނުވަތަ އެޢަޛާބަށް ކެތްތެރިވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

ޢާއިޝަތު ރަފާޙް ޢަލީ

 

ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ނިޔާ އިއްވަވާނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތަކުގެ މައްޗަށެވެ. ނިޔާ އިއްވެވުމުން ކަންބޮޑުވިޔަކަސް ކުރާނެ ފައިދާއެއް ނެތެވެ. އެއީ އިއްވެވުމަށްފަހު  ބަދަލުކުރައްވަވާނެ ނިޔާއެއް ނޫނެވެ. އިއްވަވާނީ ސައްތައިންސައްތަ ޢަދުލަށްކަމަށްވާތީއެވެ. 

މިއާޔަތްތައް ކިޔާލައި ނިކަން އަމިއްލަ ނަފްސާއި ސުވާލުކޮށްބަލާށެވެ! ޖަވާބުވެސް ދީބަލާށެވެ! މިޢަޛާބަށް ކެތްކޮސްލެވޭނެކަމާއިމެދުގައެވެ.  

ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 19 ވަނަ އާޔަތުން 24 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.  

هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ ‎﴿١٩﴾‏ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ ‎﴿٢٠﴾‏ وَلَهُم مَّقَامِعُ مِنْ حَدِيدٍ ‎﴿٢١﴾‏ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ ‎﴿٢٢﴾‏ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ‎﴿٢٣﴾‏ وَهُدُوا إِلَى الطَّيِّبِ مِنَ الْقَوْلِ وَهُدُوا إِلَىٰ صِرَاطِ الْحَمِيدِ ‎﴿٢٤﴾‏ 

މާނައީ: މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ خصم ންނެވެ. (އެބަހީ: مؤمن ންނާއި كافر ންނެވެ.) ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ. (19) އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ. (20) އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ. (21) އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް إعادة ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! (22) ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރިމީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ. (23)އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ. (24)

މިއަދު އޮންލައިން