ދެމަފިރިންކުރެ އެކަކުވެސް ޝައްކުގެ މައްޗަށް އަނެކާއަށް ތުހުމަތުކޮށް ބަސްބުނުން- ނުރައްކާތެރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ދެމަފިރިންކުރެ އެކަކުވެސް ޝައްކުގެ މައްޗަށް އަނެކާއަށް ތުހުމަތުކޮށް ބަސްބުނުން- ނުރައްކާތެރިކަމެއް!

އަޅުގަނޑުގެ އެކުވެރި އަންހެނެއްގެ ގެއަށް ހިނގައްޖެނަމަ އޭނާގެ ބޭބެ އާއި އަޅުގަނޑާއި އަޅުވައި ފިރިމީހާ ނުބައި ބަސްތައް ބުނެއެވެ. ދެމީހުން ޒިނޭކުރާކަމަށްވެސް ބުނެއެވެ. މިއީ ހުއްދަ ކަމެއްތޯ؟  

ކިޔުންތެރިޔާ ކުރައްވާ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އެކަމަކު ބުނެލާނަމެވެ. ފިރިމީހާ އެކުރަނީ ކުށެއް ނަމަވެސް ފިރިމީހާ ނުރުހޭ ގޭގެއަށް ނުވަންނާށެވެ. ނުރުހޭ ތަންތަނަށް ނުދާށެވެ. މައިންބަފައިންނާއި އަޚުންނާއި އުޚުތުންގެ ގާތަށް ފިޔަވައެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.  

ކުރެވޭ ޝައްކުތަކުގެ މައްޗަށް ބުރަވެ ބައިވެރިޔާ ހިލޭ މީހުންނާއިއެކު ގުޅުން ހިންގާކަމަށް ނުބުނާށެވެ. އެއީ ޙަރާމް ކަމެކެވެ. ޚާއްޞަކޮށް ޒިނޭކުރިކަމަށް ނުވަތަ ޒިނޭކުރާކަމަށް ބުނެގެން ނުވާނެއެވެ. އެއީ އެކަންކުރިކަމުގެ ހެކި ދީނުގައިވާ މަގުން ނުދެއްކިއްޖެނަމަ ޙައްދުޖަހަންޖެހޭ ކަމެކެވެ. 

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފު ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ."

(އައްނޫރު: 4) 

މިއާޔަތަށްބަލާށެވެ! "އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." އޮތުމުން އެނގިގެން މިދަނީ އެފަދަ ދޮގު ވާހަކައެއް ދައްކައިފި މީހެއްގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ކަމާއި އެއީ ފަސާދަކުރާ މީހުންކަމެވެ.  

މި ޙަސީޘްފުޅަށްވެސް ބަލާށެވެ!  

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

“Whoever accuses of adultery one under custodianship of his right hand, he will be flogged on the Day of Resurrection unless it is as he claimed.”

In another narration, the Prophet said, “The hadd punishment will be enforced upon him on the Day of Resurrection.”

Source: Ṣaḥīḥ al-Bukhārī 6466, Ṣaḥīḥ Muslim 1660

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim 

"އެނގިގެން މިދަނީ ދުނިޔެމަތީގައި ޙައްދުޖެހުމުން ސަލާމަތްވެ ހުރެވުނަސް ޘާބިތު ނުހިފޭ އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ޤިޔާމަތް ދުވަހު އެކަމުގެ ޢުޤޫބާތް ދެއްވަވާނެކަމެވެ.  

ޤުރްއާނާއި ޙަދީޘުން މިހާސާފުކޮށް އެނގެން އޮތްއިރު ދުނިޔެއިން ދެއްވަވައިފާނެ ޢަޛާބަށާއި ޤިޔާމަތް ދުވަހު ދެއްވަވާނެ ޢަޛާބަށް ބިރުވެތިވާށެވެ!  

އެއީ ކުރެވޭ ފާފައެއްގެ އިތުރުން އެއީ އެކަމުގެ ސަބަބުން ކުރިމަތިވާނެ ފިތުނަތައް ވަރަށް ބޮޑުވާނެކަމެކެވެ. އަދި އަޅުވައިކިޔުމަކީ އިސްތިރިއެއްކަމަށްވެސް ބުނެވެއެވެ. އެހެން އެބުނެވެނީ އަޅުވައިކިޔަންފެށުމުން އެކަމެއް ކުރާހިތް ޖެހޭތީއެވެ.  

ޝައްކެއްގެ މައްޗަށް ވާހަކަދައްކާނަމަ ނުވަތަ ތުހުމަތެއްގެ މައްޗަށް ވާހަކަދައްކާނަމަ ވާހަކަދއްކަންޖެހޭނީ އެކަމަށް ތުހުމަތުކުރާކަން ބަޔާންކޮށެވެ. އެންމެ ރަނގަޅު ގޮތަކީ ތުހުމަތުގެ މައްޗަށް ބުރަވެ ވާހަކަ ދައްކާނަމަ "މިވެނި މީހަކާ ގުޅުން ހިންގާކަން ޔަޤީން" ވާކަމަށް ނުބުނުމެވެ.  

ބައިވެރިޔާގެ ކިބައިން ޝައްކުކުރެވޭ ކަންކަން ފެންނަނަމަ އެކަންކަމުގެ ވާހަކަ ދައްކައި އިޞްލާޙްކުރަން ބާރުއަޅާށެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! ރުޅި އިސްކޮށް ނުބައި ބަސްތައް ނުބުނާށެވެ. ދިރިއުޅުމުގެ ކަންކަމެއްވެސް ޙައްލުކުރެވެން އޮތީ ރިވެތި އަޚްލާޤްގެ ތެރެއިންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން