ބޭސްވެރިކަން މިހާބޮޑަށް ކުރިއެރީމާވެސް ބަލިތަކާ ރޯގާތައް މިހާގިނަވާ ސަބަބަށް އެބަވިސްނަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބޭސްވެރިކަން މިހާބޮޑަށް ކުރިއެރީމާވެސް ބަލިތަކާ ރޯގާތައް މިހާގިނަވާ ސަބަބަށް އެބަވިސްނަމުތަ؟

މުސްލިމުންނަކީ އެކުވެރިންނަށް ޒިޔާރަތްކޮށް ޙާލުބަލަންޖެހޭ ބައެކެވެ. ނަމަވެސް މިއަދުގެ ޙާލަތާއިމެދު ވިސްނައިލަމާ ހިނގާށެވެ! ތިމާއަށް މިދެވެނީ ރޯގާއެއް ހިފައިގެން ނޫންކަން ޔަޤީންނުވާތީއެވެ. އަދި އެގޭގެ މީހުންގެ ޙާލަތު ހުރިގޮތުން މަރުޙަބާކިޔަން އުނދަގުލަކަށް ނުވާނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ.  

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ސައިންސްވެރިންނަށް ގިނަ ބަލިތަކަކާއި ބަލިތަކުގެ ފަރުވާވެސް ހޯދިއްޖެ އެވެ. އަދި ފަރުވާކުރާނެ މޮޅު ވަސީލަތްތައް އީޖާދުކުރެވިއްޖެއެވެ. ޑޮކްޓަރުން ފަރުވާކުރުމުގައި ކުރިއަރައި ހިނގައްޖެއެވެ.  

ނަމަވެސް އަބަދުވެސް އުޅެން މިޖެހެނީ ކޮންމެވެސް ނުރައްކާތެރި ބަލިތަކެއް ފެތުރޭތީއެވެ. ގޮތް ނޭނގޭ ބައްޔެއް ފެނިގެންނެވެ. އެކަމަކު ބޭސްފަރުވާ ކުރުމާއި ދިފާޢީ ވެކްސިންތައް އުފެއްދުމުގައި ކުރިއަރައި ހިނގައްޖެއެވެ. ބަލިތައް ދެނެގަނެ ބޭސްފަރުވާކުރުން ފަސޭހަވެ މަގުތައް ފެނިއްޖެއެވެ. މިފަދަ ކުރިއެރުންތައް ލިބުނަސް ބަލިތަކުން ސަލާމަތެއް ނުވެއެވެ. އެއްބަލިން ސަލާމަތްވެވޭއިރު އޮންނަނީ އިތުރު ބައްޔެއް ފެތުރެން ފަށައިފައެވެ.  

ނިކަން ބުނެބަލާށެވެ! މިއީ ވިސްނާލަން ޖެހިފައިވާ ކަމެއް ނޫންހެއްޔެވެ؟ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! މިކަންކަމަކީ ﷲ ތަޢާލާ ދެއްވަވާ ވަރުގަދަ އިންޒާރުތަކެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ. ކުރެވޭ ފާފަތަކާއިމެދު ފުންކޮށް ވިސްނަން އެބަޖެހެއެވެ.  

އެންމެ ގިނަ ބައަކު މިހާރު ކުރާ އެއް ފާފައަކީ ފާފަވެރިވާގޮތަށް ޖިންސީގުޅުން ހިންގުމުގެ ފާފައެވެ. މިބުނަނީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުންތައް ހިންގާ ވާހަކައެވެ. ދުވަހެއް ދުވަހަކަށް ދަނީ އިތުރު ގޮތްތައް ހޯދައި ފާފަކުރުން ގިނަކުރަމުންނެވެ. އެހެންކަމުން މިކަމުގެ ވާހަކަދައްކަން އެބަޖެހެއެވެ.  

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ވަކިފާފައެއް ނޫނެވެ. ހަމައެއްވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! އެއރުން އޮތް އެންމެ ބޮޑު އުފަލަކީ ބައްޔެއް ޖެހިގެން އެމީހަކު އެބަލީގައި މަރުވިނަމަވެސް އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ﷲ ތަޢާލާގެ ރަޙްމަތުގައިވާނެކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން