އަހުރެމެންނަށް އޮތީ އީމާންކަންމަތީގަ ދެމިހުންނަން މަސައްކަތްކުރުން! ހިންމަވައި ދެއްވަވާނެކަން އެއީ ޔަޤީންކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަހުރެމެންނަށް އޮތީ އީމާންކަންމަތީގަ ދެމިހުންނަން މަސައްކަތްކުރުން! ހިންމަވައި ދެއްވަވާނެކަން އެއީ ޔަޤީންކަމެއް!

ނުބައި ޢަމަލެއް ކުރެވުމުން އަހުރެންގެ އީމާންކަން ބަލިކަށީ ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ވަރުގަދަކުރަން ތިމާކުރަނީ ކޮންކަމެއް ކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުކުރަންވެސްވާނެއެވެ. މިބަލައިލަނީ ސަބަބުތަކަށެވެ.  

އީމާންކަން ބަލިކަށިވުމަކީ މިއަދު ކުރިމަތިވާ މައްސަލައެއް ނޫނެވެ. އެމައްސަލަ ޞަޙާބީންނަށްވެސް ކުރިމަތިފުޅުވެވަޑައިގަތެވެ. މިއަދުގެ މުސްލިމުންނަށް ތަފާތުވެގެން މިއުޅެނީ އީމާންކަން ހީނަރުވިޔަނުދީ ތާޒާކުރަން މަސައްކަތްނުކުރެވޭކަމެވެ.  

ގަސްތަކަށް އާރޯކަން ގެންނަން ފެންދީ ގަސްކާނާދީ ގަސްތައް ޙިމާޔަތްކުރަން މަސައްކަތްކުރާ ފަދައިން ހިތުގައިވާ އީމާންކަން ތާޒާކުރަންވެސް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެގޮތުން ފާފަކުރަން ބިރުވެތިވުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި ނުބައި އެކުވެރިން އިޚްތިޔާރުނުކުރުމާއި ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަންކަމެވެ.  

އީމާންކަން ޙިމާޔަތްކޮށް ތާޒާކުރަން މަސައްކަތްކުރާމީހުންނަށް އޮތް އުފާވެރި ޚަބަރު ބަޔާންކުރައްވައި ޝައިޚް އަޙްމަދު ރިމާޒް ވަނީ ޤުރްއާނުން އެކަން ދައްކަވައިފައެވެ.  

ތިބާއަށް އޮތީ ތިބާގެ އީމާންކަން ޞައްޙަކޮށް ވަރުގަދަކޮށް ތާޒާކުރަން މަސައްކަތްކުރުމެވެ. ދިފާޢު ކޮށްދެއްވުމުގެ ޒިންމާ ﷲ ތަޢާލާ ވަނީ ނަންގަވާފައެވެ. 

(( إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا)) سورة الحج: ﴿٣٨﴾ 

މާނައީ: "ހަމަކަށަވަރުން، اللَّه، އީމާންވި މީހުން ދިފާޢު ކޮށްދެއްވަތެވެ".

 

މިއަދު އޮންލައިން