އެމީހަކަށް ވެވުނު ވަރަކުން ﷲ ގެ ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ!

ކިޔުމަށް ހޭދަވާނީ 6މ 3ސ
އެމީހަކަށް ވެވުނު ވަރަކުން ﷲ ގެ ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ "--- ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." މިފަދައިންނެވެ.  

ﷲ އަށް ނަޞްރުދިނުމަކީ ކޮބައިހެއްޔެވެ؟ އެއީ އެމީހަކަށް ވެވުނު ވަރަކުން ﷲ ގެ ދީނަށް ކުރިެރުން ހޯދަން މަސައްކަތްކުރުމެވެ. ބަހާއި ޢަމަލުންނެވެ. އަމިއްލައަށް ބަސްބުނަން ނުއެނގޭނަމަ އޮތީ ޢިލްމްވެރިން ވިދާޅުވާ ބަސްފުޅުތައް ފެތުރުމެވެ. އެއީ މިއަދު ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ސޯޝަލް މީޑިއާގައާއި ކޮފީމޭޒުތަކުގައި ކުރަންވީ އެކަމެވެ. 

ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 38 ވަނަ އާޔަތުން 41 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ ‎﴿٣٨﴾‏أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ‎﴿٣٩﴾‏ الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ‎﴿٤٠﴾‏ الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ ‎﴿٤١﴾‏ 

މާނައީ: "ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ ކޮންމެ މީހަކަށް، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (38) ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ. (39) އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (40) އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ. (41)"

މިއަދު އޮންލައިން