ތިބާއަށް މިހާރުކުރެވޭ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކޮށް އެފައިސާގެ ބޭނުން ފައިދާހުރި ގޮތުގަ ކުރުމުން ސުވަރުގެ ލިބެން އެބައޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިބާއަށް މިހާރުކުރެވޭ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކޮށް އެފައިސާގެ ބޭނުން ފައިދާހުރި ގޮތުގަ ކުރުމުން ސުވަރުގެ ލިބެން އެބައޮތް! އިން ޝާ ﷲ

އަތުގައި ފައިސާހުރިނަމަ އެމީހަކު ކުރަން ބޭނުންވާ ޚަރަދެއް ކުރުމަކީ އެމީހެއްގެ އިޚްތިޔާރުގައޮި އޮތްކަމެކެވެ. ނަމަވެސް އެއިޚްތިޔާރު ދެއްވަވާފައި ޖަވާބުދާރީވާން ނުޖެހޭނެ ގޮތަކަށްނޫނެވެ. ޖަވާބުދާރީވާން ޖެހޭނެ ގޮތަށެވެ. ކުރާ ޚަރަދުން ދުނިޔެއާ އާޚިރަތް ލިބިގަނެވޭނެ ގޮތަށާއި ދުނިޔެއާއި އާޚިރަތް ގެއްލިގެންވެސް ހިނގައިދާނެ ގޮތަށެވެ. އެހެންކަމުން ހަނދުމަކޮށްލައިދޭނަމެވެ.  

މީސްތަކުންނަށް ކާންދީހެދުމަކީ ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.  

ކޮފީއަށާއި ސިގިރެޓްބުއިމަށް ޚަރަދުކުރާ މީހުން ވިސްނައިލާށެވެ. ކެފޭއަކަށް ގޮސް އެންމެ ކޮފީތަށްޓަކަށް ހޭދަކުރާ ފައިސާއިން މީހަކަށް ކާންދެވިދާނެއެވެ. ދުވާލަކު ސިގިރެޓްފޮށްޓެއް ގަންނަ މީހާއަށް އެފައިސާ ބޭނުންކޮށްގެން ، 5 މީހުންނަށް ކާންދެވިދާނެއެވެ. 

ތަންތަނަށް ގޮސް ބޮޑުއަގުދީފައި ކޮފީ ނުބުއިނަމަވެސް އުޅެވިދާނެއެވެ. އަދި ދުންފަތުގެ އިސްތިޢްމާލް ނުކުރިނަމަވެސް އުޅެވިދާނެއެވެ. ރަނގަޅަށް ވިސްނައިފިނަމަ އެއީ ކުރެވޭ ބޭކާރު ޚަރަދެވެ. އިޝްރާފެކެވެ.  

އެއްވެސް ޙާލެއްގައި ހިތްހަމަޖައްސާލަން ކޮފީތަށްޓެއް ނުބޯން ބުނަނީއެއް ނޫނެވެ. ވިސްނަންވީ ވީވަރަކުން ބޮޑުއަގުދީފައި ކޮފީތައް ބުއިން މަދުކޮށް ސުވަރުގެ ވައްދަވާނެ ޢަމަލުކުރުމަށެވެ. ޢަމުދުން ދުންފަތުގެ އިސްތިޢުމާލް ނުކުރުމަށެވެ. ހިތާމައަކީ ކޮފީޓަށްޓެއް ގިރަން ހޫނުފެނަށް ކޮފީއަޅަންޖެހޭ ފަދައިން ކޮފީބޯނަމަ ސިގިރޭޓްބޯންޖެހޭނެ ކަމަށް ޤަބޫލުކުރެވި ދެޚަރަދުވެސް ކުރެވޭކަމެވެ.  

ޝައިޚް އަޙްމަދު ރިމާޒްގެ މިލިޔުއްވުމުން މީސްތަކުންނަށް ކާންދީ ހެދުމަކީ ސުވަރުގެ ވައްދަވާ ޢަމަލެއްކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ސަލާމަތް ކަމާއިއެކީ ސުވަރުގެ ވަނުމަށް މަގުފަހިކުރުވާ 5 ކަމެއް!

1      ސަލާމް ފެތުރުން (ސަލާމްކުރުން ގިނަކުރުން)

2      ބަސްމަގު ރީތިކުރުން

3   ރަޙިމުގެ ގުޅުން ޤާއިމުކުރުން

4     ދަމު ނަމާދުކުރުން

5      މީސްތަކުންނަށް ކާންދީ ހެދުން

(مسند أحمد 10399/صحيح ابن حبان 508)

- ޝައިޚް އަޙްމަދު ރިމާޒް

 

 

މިއަދު އޮންލައިން