ދެމަފިރިން އަބަދު ދެބަސްވެ މޫނުހަދައިގެން ތިބެންޖެހޭތީ ފިރިމީހާއަށް ބުއްދިވެރިއަކު ދަސްކޮށްދިން މުޖައްރިބް ފަންޑިތަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދެމަފިރިން އަބަދު ދެބަސްވެ މޫނުހަދައިގެން ތިބެންޖެހޭތީ ފިރިމީހާއަށް ބުއްދިވެރިއަކު ދަސްކޮށްދިން މުޖައްރިބް ފަންޑިތަ!

އެއީ ވަރަށް ގާތް ދެއެކުވެރިންނެވެ. ނަމަވެސް ޒަވާޖީ ޙަޔާތުގައި ދެމީހުންނަށް ކުރަްނޖެހޭ ތަޖުރިބާތައް ވަރަށް ތަފާތެވެ. އެކަކު އުލެނީ ވަރަށް އުފަލުގައެވެ. އަނެކަކަށް އަބަދުހެން ހުންނަން ޖެހެނީ އެއްވެސް އުފަލެއް ނުލިބިފައެވެ. ދެމަފިރިން އަބަދު ދެބަސްވާތީއެވެ. މޫނުހަދައިގެން ތިބޭތީއެވެ. 

ދެއެކުވެރިން މަޝްވަރާކޮށަފައި ބުއްދިވެރިއެއްގެ ގާތަށް ގޮސް މިވާހަކަތައް ކިޔައިދިނުމުން ބުންޏެވެ. "މާބޮޑުކަމެއް ކުރާނެ ކަމެއް ނެތެވެ. މަސައްކަތުން ނިމިގެންގޮސް ގެއަށްވަދެފައިވެސް އަދި އެހެންކަމެއްގައި އުޅެން ޖެހިގެނަ ނަމަވެސް ގިނައިރު ބޭރުގައި އުޅެފައިގޮސް ގެއަށް ވަދެ ފުރަތަމަ ކަމަކަށް އަނބިމީހާގެ ގައިގައި ބައްދައިލާށެވެ. ނިތްކުރިއަށް ބޮސްދީފައި ވަކިވެލަމުން ބުރަކަށީގައި ފިރުމައިލާށެވެ! މިކަން 2 ހަފްތާވަންދެން ކޮށްފައި އެނބުރި އަންނާށެވެ.  

ދެހަފްތާފަހުން އެނބިރިގޮސް ބުންޏެވެ. "ބުނި ގޮތަށް ޢަމަލުކޮށްފީމެވެ. ވަރަށް ބޮޑުތަން ރަނގަޅުވެއްޖެއެވެ. އަނބިމިހާ ވަރަށް ބޮދަށް ބަދަލުވެއްޖެއެވެ. މިހާރު ދެބަސްވަނީވެސް މޫނުހަދަނީވެސް ވަރަށް މަދުންނެވެ. އެފަދަ ޙާލަތެއް މެދުވެރިވިޔަސް ނިކަން އަވަހަށް ޙާލަތު ބަދަލުކުރެއެވެ. މޫނުހަދައިގެން ހުރުމުގެ ބަދަލުގައި ލޯބިން ވާހަކަދައްކަން ފަށައެވެ."  

އޭނާ ބުންޏެވެ. "އަންހެނުންނަކީ ފިރިހެނުންނާއި ވަރަށް ތަފާތު ބައެކެވެ. އެމީހުންގެ ބޭނުންތައްވެސް ތަފާތުވާނެއެވެ. ފިރިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ އަޅައިލުމެވެ. ލޯބިވާކަން ޢަމަލުން ދައްކައިދިނުމެވެ. ބައިވެރިޔާއަށް ބޭވަފާތެރިނުވެ، މަކަރުނުހަދައި އުޅޭނަމަ ޖެހޭ ހުރިހާ މައްސަލަތަކެއް މިބުނިމަގުން ޢަމަލުކުރީމާ ޙައްލުކުރެވޭނެއެވެ. އަދި ބުނަންހެއްޔެވެ؟ އިތުރަށް ފުރިހަމަކޮށްލަން ބޭނުންނަމަ ދެމަފިރިން އެކުގައި ނިދަން އޮށޯންނަން އާދަކުރާށެވެ! އެއިރުން ހުރިހާ ކަންކަންވެސް ހުންނާނީ 99 އިންސައްތަ ބަރާބަރަށެވެ."

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން