ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ!

މާތްވެގެންވާ ރަމަޟާން މަހަކީ މުޅި އަހަރުގެ ތެރޭގައި އަންނަ އެންމެ މުޤައްދަސް އަދި ބަރަކާތްތެރި މައްސަރެވެ. މިއީ އަޅުކަމާއި ތަޤުވާވެރިކަމުގެ މޫސުމެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މި މައްސަރަކީ މުޅި އިސްލާމީ އުންމަތަށް ލިބިފައިވާ މަތިވެރި ނިޢުމަތެކެވެ. 

މި މާތް މައްސަރުގައި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައި، ސުވަރުގޭގެ ދޮރުކޮޅުތައް މީސްތަކުންނަށްޓަކައި ހުޅުއްވައިދެއްވައެވެ. އަދި ނަރަކައިގެ އަލިފާނުން މިންޖުވެވޭނެ މަގުތައް މާތްﷲ މި މަސަރުގައި ތަނަވަސްކޮށްދެއްވާފައިވެއެވެ. ކީރިތި ޤުރުއާން ބާވާލެއްވުނު މި މައްސަރަކީ، ކިތަންމެ ކުޑަ ހެޔޮ އަމަލަކަށްވެސް އެތައް ގުނައަކަށް ޘަވާބާއި ދަރުމަ އިތުރުވެގެންދާ މައްސަރެކެވެ. 

އެހެންކަމުން، މި ބަރަކާތްތެރި މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، އިސްތިޣްފާރުކުރުން ގިނަކުރަމާ ހިނގާށެވެ. 

އަދި ހެޔޮ އަމަލުތަކޮށް ދުޢާކުރުމުގައި ދެމިތިބުމަށް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ.

މިއީ ތިބާއަށް ލިބޭނެ އެންމެ ފަހުގެ ރަމަޟާންމަސް ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ލިބިފައިވާ މި ރަނުގެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅައި، ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. 

(މިއީ މިއަދުނޫހުގެ ޚާއްޞަ ބައިވެރިއަކު ފޮނުއްވަވާފައިވާ ނަޞީޙަތުގެ ބަސްކޮޅެކެވެ.)

މިއަދު އޮންލައިން