މިހެން ބުނަން ވަރަށް ދެރަވަމެވެ. އެކަމަކު ބުނަންޖެހޭތީ މިބުނަނީއެވެ. މިއަދު އަހުރެމެންގެ ތެރެއިން ބައެއް މީހުންގެ ޙާލު މިހުރީ ވަރަށް ދަށުދަރަޖައިގައެވެ. އެމީހުންގެ ހުރިހާ ސަމާލުކަމެއްވަނީ ދުނިޔެއަށެވެ. ސުވަރުގެއާއި ސުވަރުގެ ވައްދަވާނެ ގޮތްތަކާއި ޢަމަލުތަކާއިމެދުގައި ވިސްނަނީވެސް މަދުބައެކެވެ.
ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ސަލާމްކުރުން ފަތުރާށެވެ. (ބައްދަލުވާ މީހުންނާއި ސަލާމް ކުރާށެވެ. މީސްތަކުންނަށް ކާންދޭށެވެ. އެހެން މީހުން ނިދާފައި ތިބޭ ވަގުތު ނަމާދުކުރާށެވެ. (ދަމުނަމާދުގެ ވަގުތުގައި ދަމުނަމާދުކުރާށެވެ.) ތިބާއަށް ސަލާމް ކުރެވޭ ޙާލު ސުވަރުގެ ވައްދަވާ ހުއްޓެވެ."
މި 3 ކަމުގެ ތެރެއިން މިރޭ މިބަލައިލަނީ ސަލާމް ކުރުމަށެވެ.
"އައްސަލާމް" މިކަލިމައަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ނަންފުޅެކެވެ. މީސްތަކުންނާއި ސަލާމް ކުރަން "އައްސަލާމްޢައިލުކުމް" ބުނުމަކީ ﷲ ތަޢާލާގެ މަތިން ހަނދާންކޮށްދިނުމެކެވެ.
"ތިޔަބައިމީހުންނަށް އެއްވެސްކަހަލަ ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން އަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމްރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބް ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 86)
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ!
ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް
ސަލާމް ކޮށް
އިޛްނަ ލިބިގެންފުމަށްދާނދެން
ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން
ހަނދުމަކުރުމަށްޓަކައެވެ."
(އައްނޫރު: 27)
"-----ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ ޙަޟްރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކަށް ތިޔަބައިމީހުން ސަލާމް ކުރާށެވެ! އެފަދައިން اللَّه، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާންކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." (އައްނޫރު: 61)
ސަލާމްކުރުމަކީ މިއަދު މީސްތަކުންގެ ތެރެއިން ނެތެމުންދާ ސިފައެކެވެ. މީސްތަކުން ބުނެފާނެ ބަހަކަށް ބިރުން ފަސް ނުޖެހޭށެވެ. ދުނިޔެ ދީފާނެ ލައުނަތަކަށް ފަސް ނުޖެހޭށެވެ. ފެންނަހައި މީހަކާއި އިސްވެ ސަލާމް ކުރާށެވެ!
މިއަދު ކާފަރުން ސަލާމްކުރާ މިންވަރު މުސްލިމުން ސަލާމްކުރާ އަދަދަށްވުރެ ގިނައެވެ. ލަދު ގަންނަން ނުޖެހޭ ހެއްޔެވެ؟ މީހަކު ފެނުމުން ސަލާމް ކުރުމުގެ ބަދަލުގައި މިއަދު މުސްލިމުން ފުރަތަމަ ބަލަނީ އެއީ ކާކުތޯއެވެ! އެއީ ފައިށާވެރިއެއް، ޤަދަރުވެރިއެއް ނުވަތަ ރައްޓެއްސެއްތޯއެވެ! މިއީ ކިހައި ނުބައި ސިފައެއް ހެއްޔެވެ!
ސަލާމް ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަން ކުރުމުން ގިނަގުނަ ނިޢްމަތްތައް ދެއްވަވާ ކަމެކެވެ. އެވަރުންވެސް މިއުޅެނީ ހަމަ ފަރުވާކުޑަކުރެވޭތީއެވެ! އެހެން ނުހަދާށެވެ! ގިނަގިނައިން ސަލާމްކުރާ މީހަކަށްވާށެވެ! އެކަމުން ލިބެން އޮތް ސަވާބާއި ދަރުމަ ލިބިގަންނަ މީހަކަށްވާށެވެ!
އިންސާނާއަކީ ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް ހިތްފުރޭނެ މީހެއް ނޫނެވެ! އެއީ އެކަން ހަމަ ހިނގަމުންދާނެ ގޮތެވެ. ދާދިފަހުން އަހަރެންގެ ރައްޓެއްސަކު ދުނިޔޭގެ އެންމެ އަގުބޮޑު މަރުކާއެއްގެ ކާރެއް ގަނެފިއެވެ. މަރުޙަބާ ކިޔުމުން ބުނީ ހެލިކޮޕްޓަރެއް ގަންނަން އުޅޭ ވާހަކައެވެ.
އެމީހެއްގެ ކިބައި އެވަރުގެ ތަނަވަސްކަން ހުރި ނަމަ ހެލިކޮޕްޓަރެއް ގަތުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ހަނދާންކުރަން ޖެހެ ކަމަކީ ހެލިކޮޕްޓަރެއްގައި އުދުހުނު ނަމަވެސް މިސްތަކުންނާއި ބައްދަލުވާހިނދު ސަލާންކުރަން ޖެހޭނެ ކަމެވެ. ހެލިކޮޕްޓަރެއް ލިބި ގިނަ ދަތުރުކުރެވޭނަމަ ގިނަ މީހުންނާއި ބައްދަލުވާނެއެވެ. ބައްދަލުވާ އެންމެންނާއި ސަލާމްކުރާށެވެ. އަދި އިސްލާމް ދީނަށް ދައުވަތުވެސް ދޭށެވެ. އިސްލާމީ ހިދާޔަތް ފަތުރަން މަސައްކަތްކުރާށެވެ. އަގު ބޮޑު ކާރާއި ހެލިކޮޕްޓަރު ތިބާ ސުވުރުގެއަކަށް ނުގެންދާނެއެވެ. ތިބާ ސުވަރުގެ ގެންދާނީ ތިބާ ކުރާ ހެޔޮ އަމަލުތަކެވެ.
- މުފްތީ މެންކުގެ ދަރުސަކުން