އަނބިން ގިނަ ދުވަހު ޒުވާންކަންމަތީގަ ތިބުމުގައާ މާއަވަހަށް މުސްކުޅިސިފަ ޖެހުމުގަ ފިރިމީހާގެ ދައުރެއް އޮންނަކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނބިން ގިނަ ދުވަހު ޒުވާންކަންމަތީގަ ތިބުމުގައާ މާއަވަހަށް މުސްކުޅިސިފަ ޖެހުމުގަ ފިރިމީހާގެ ދައުރެއް އޮންނަކަން އެނގޭތަ؟

ބައެއް އަންހެނުންނަކީ އަދި ފިރިހެނުންނަކީވެސް އެމީހުންގެ ހަށިގަނޑު ހެދިފައި ހުންނަގޮތުން ގިނަ ދުވަހު ޒުވާންކަންކަމތީގައި ތިބެވޭ ބައެކެވެ. ހަމައެގޮތަށް ބައެއް މީހުންގެ ކިބައިން ވަރަށް އަވަހަށް މުސްކުޅިކަމުގެ ސިފަތައްވެސް ފެނެއެވެ. އެކަމަކު މިދެޙާލަތު މިގޮތަށް ދިމާވަނީ މަދުބައަކަށެވެ. 

ޒުވާން ޢުމުރުގައިވެސް ބައެއް އަންހެނުންގެ ކިބައިން މުސްކުޅިކަމުގެ ސިފަތައް ފެނެއެވެ. ގިނަ އަންހެނުންނަށް އެކަން ކުރިމަތިވަނީ ބައްޔެއްގެ ސަބަބަކުން ނޫނެވެ. އަދި ކައިބޮއިހަދާ އެއްޗަކުންވެސް ނޫނެވެ. އަބަދުހެން ސިކުނޑިއަށް ބާރުބޮޑުވާ ގޮތަށް އުޅެންޖެހުމުންނެވެ. ފިރިމީހާގެ ކިބައިން ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުންނެވެ. 

އަދިހަމަ އެހެންމެ ބައެއް އަންހެނުންގެ ޢުމުރުން 50 އަހަރުވާއިއރުވެސް 30 އަހަރުގެ ޒުވާންކަންމަތީގައި ފެނިދާނެއެވެ. ގިނައިން އެކަން އެގޮތަށް ދިމާވަނީ ފިރިމީހާ އޭނާ އުފަލުގައި ބަހައްޓައިދޭތީއެވެ. ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިނުކުރުވާތީއެވެ.  

ވީމާ ކައިވެނިކުރަން ބޭނުންވެ މީހަކާއި ގުޅޭއިރު އޭނާގެ މިޒާޖަށާއި އަޚްލާޤަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. އެކަންކަމަށް ބަލައިގެން ކައިވެނިކުރާފަހުންވެސް އޭނާގެ ކިބައިން ސިކުނޑިއަށް ނުކަތާވަރަށް ޕްރެޝަރުތައް ލިބޭނަމަ މުސްކުޅިސިފަ ޖަހަންދެން ނުހުރެ ދެވަނަ ގޮތެއް ހޯދަންވާނެއެވެ. ކެތްކުރަމުން ގޮސް މުސްކުޅިސިފަ ޖަހާފަހުން ދެވަނަ ގޮތެއް ހޯދަން އުޅުނަސް އެކަން އެހާފަސޭހައެއް ނުވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން