ދަރިންނާމެދު ސަމާލުވޭ!: ބަރަހަނާ ބަލަން ދެވިހިފުމުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑުވެ ފޫބެއްދުން ބޮޑު މުޞީބާތެއް ފަދަ ކަމަކަށް ވެއްޖެ!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދަރިންނާމެދު ސަމާލުވޭ!: ބަރަހަނާ ބަލަން ދެވިހިފުމުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑުވެ ފޫބެއްދުން ބޮޑު މުޞީބާތެއް ފަދަ
ކަމަކަށް ވެއްޖެ!: ދިރާސާ

 

އަހުރެމެން ކޮންމެ ކަމެއްގައިވެސް ބަލަނީ ދީނުގައި އޮތްގޮތެވެ. ނަމަވެސް މުސްލިމުން ނޫން މީހުން ކަންކަން ބަލަން ކުރަނީ ތަޙްލީލުތަކެވެ. އެގޮތުން ބަރަހަނާބަލަން ދެވިހިފުމުން ސިކުނޑިއަށް އަންނަ ބަދަލުތައް މިހާރުވަނީ ދެނެގަނެވިފައެވެ.  

އެމްއާރުއައި ޢާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮސްގެން ކުރި ދިރާސާތަކުން އެނގެނީ ހިރޮއިން ޢާއި ކޮކޭން ފަދަ މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް އަންނަ ފަދަ ބަދަލުތައް އަންނަ ކަމެވެ. ސިކުނޑީގެ ބޭރުން ބޯލޭޔަރެއް ލެވިގެންދާ ކަމެވެ. އަދި ދެވިހިފުމުން އެކަމުން ސަލާމަތްވާން އެހައި ބޮޑަށް އުނދަގޫކަމަކަށްވަނީ އެސަބަބުތަކަށްޓަކައި ކަމެވެ.

ދިރާސާތަކުން އެނގޭގޮތުގައި ގިނަ ބައަކު އެންމެ ފަސޭހައިން ދެވިހިފަނީ ޢުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގައެވެ. ކުޑަކުދިންގެ ގޮތުގައި ތިބެއެވެ. ކިޔެވުމަށްޓަކައި ކުދިންނަށް ދެވޭ ވަސީލަތްތަކުގެ ބޭނުންކޮށްގެންނެވެ. ސްމާޓްފޯނާއި އައިޕޭޑްފަދަ އާލާތްތަކުންނެވެ. 

އެހެންވެ އަހުރެންގެ ދަރިންނަކަށް އެވަސީލަތްތަކެއް ނުދެމެވެ. އެކަމަކު ކާރު ދުއްވާ އެއްދަރިއަކު ގޫގްލްމެޕް ބެލުންފަދަ ކަންކަމަށް ކޮންމެހެން ބޭނުންވެގެން އެދޭވަރުން އައިފޯނެއް ވާނީ ދީފައެވެ. އެކަމަކު އޭނާގެ ބައްޕަވަނީ އޭނާގެ ފޯނުން ކުރާ ހުރިހާ ބޭނުމެއް ބައްޕަގެ ފޯނުން ވަޤުތުން ބެލޭނެ ގޮތް ހަދައިފައެވެ. އެއީ ދަރިފުޅަށް އިތުބާރުނުކުރާތީއެއް ނޫނެވެ. ފަހަރެއްގައިވެސް ދެރަގޮތެއް މެދުވެރިވެދާނެތީއެވެ.  

ޢާއިލާއަކަށް ދިމާވި ކަމެއްވެސް ކިޔައިލަދޭނަމެވެ. އެމީހުންގެ ދަރިފުޅު ދިއައީ ޙާފިޡަކަށްވުމަށް ޤުރްއާން ހިތުދަސްކުރަމުންނެވެ. އެތައް ސޫރަތެއް ހިތުދަސްވީފަހުން ދެން ދަސްނުކުރެވޭނެ ކަމަށްބުނެ އެކަން ހުއްޓައިލީއެވެ. ސަބަބު އެނގުނީ ފާރަވެރިވެގެން ބެލީމައެވެ. ޤުރްއާން ދަސްކުރަންދިން އައިޕޭޑުން ބަރަހަނާ ބަލަންފެށީއެވެ.  

އެކަމުން ދަރިފުޅު ސަލާމަތްކުރެވޭތޯ ދީނީ ތެރެޕީއާއި އެހެން ތެރަޕީތައްވެސް އެގެންދަނީ ދެމުންނެވެ. ކުއްޖާވެސް އެކަން ހުއްޓާލަން ވަރަށް ބޮޑަށް އެބަ މަސައްކަތްކުރެއެވެ. ނަމަވެސް އަދިވެސް ކާމިޔާބެއް ނުވެއެވެ. އެތައް ދުވަހެއްވަންދެން ނުބަލައި ހުރެފައިވެސް ބެލެނީއެވެ.  

ވީމާ ދަރިންނަށް ދެވޭ އާލާތްތައް ބޭނުންކުރެވޭ ގޮތް ބަލާށެވެ! ފާރަވެރިވާށެވެ! އެކަނި ކޮޓަރީގައި އޮވެގެން މިނިވަންކަމާއިއެކު އިންޓަރނެޓަށް އެކސްސެސްވާން ދޫކޮށްނުލާށެވެ!  


- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސްކުން / މިއަދުނޫސް

މިއަދު އޮންލައިން