"ރަނގަޅު އަންތބަކު ލިބިއްޖެނަމަ ރަނަގަޅު ދިރިއުޅުމެއް ލިބޭނެ" ކަމަށް ބުނާ ބުނުމަށް އަހުރެން ތާއީދުކުރަމެވެ. އެއީ ޙަދީޘްފުޅުތަކުންވެސް އެކަން އެގޮތަށް އެނގެން އޮތުމުންނެވެ. ތަފާތުކޮށްގެން އެއުޅެނީ ޢޢިބާރާތެވެ.
ފަޤީރީއެވެ. ބަލިޙާލެއް ކުރިމަޔިވީއެވެ. ދިރިއުޅުމުގައި ދަތިތައް ކުރިމަތިވަނީއެވެ. ތިބާއާއި އަޅައިލާނެ ނުވަތަ އެހީތެރިވާނެ ބައަކު ނެތީއެވެ. މިއިން އެއްވެސް ޙާލަތަކީ ހެޔޮލަފާ އަންތބަކު ލިބިފައިވާނަމަ އެއްވެސް މައްސަލައެއް ނޫނެވެ. އެމީހަކު ހުންނާނީ އުފަލުން ފުރިގެންނެވެ. އެންމެ މަތީ ޢިއްޒަރުގައެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ކިތަންމެ ތަނަވަސްނަމަވެސް. ފުރިހަމަ ޞިއްޙަތެއް ލިބިފައިވީނަމަވެސް އަދި އެހެންކަންކަން ފުރިހަމަވެފައިވީނަމަވެސް ހެޔޮލަފާކަމުގެ ސިފަތައް ނެތް އަންތބަކާއިއެކު އުޅެންޖެހިއްޖެނަމަ އެމީހަކޫ ހުރަގޭގައި އުޅެންޖެހިފައިވާ މީހެކެވެ. އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
އެންމެ ހެޔޮލަފާ އަނބިންގެ ކިބައިގައިވެސް އުނިސިފަތައް ހުންނާނެއެވެ. އެއީ އޭނާއަކީވެސް އިންށާނަކަށްވީތީއެވެ. ވީމާ ހެޔޮލަފާ އަންތބެއްގެ ކިބައިން އުނިސިފައެއް ފެނުނަސް އެއީ މާބޮޑުކަމަކަށް ނުހަދާށެވެ. އޭނާއާއި ވަކިވުމާއިމެދު ނުވެސް ވިސްނާށެވެ. އެކަން ރަނގަޅުކޮށްލައިގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ.
އަހުރެންގެ މިނަޞީޙަތް ޤަބޫލުކޮސްފި މީހެއްގެ ދިރިއުޅުން ދާނީ ކުރިއަރަމުންނެވެ. އެމީހަކަށް އުފާވެރިކަންވެސް ދާނީ އިތުރުވަމުންނެވެ. ހަމައެކަނި މިދުނިޔެއަކު ނޫނެވެ. އެމީހެއްގެ ޢާޚިރަތްވެސް ދާނީ ކާމިޔާބުވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން