ހާރުކެއުން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟
އެހީއެއް :
ހާރުކެއުމަށް އެންމެ ރަނގަޅީ ފަޖުރުލުމާއި ވީހާ ކައިރިކޮށެވެ. ކުރިން ކައިގެން ނިދިއްޖެ މީހާ ހޭލެވުމުން ކަދުރުއޮށެއް ނަމަވެސް ކައިލާށެވެ.
ފަޖުރުލުމާއި ގާތްވެފައިވަނިކޮށް ގިނައިން ކެއުމަކީ ފަތިސްނަމާދަށް ކަންނެތްވެދާނެ ކަމެކެވެ. އެއީވެސް ވިސްނައިލުން ރަނގަޅު ކަމެކެވެ. ބައެއް މީހުން ފަޖުރުލުމާއި ގާތްވެފައިވަނިކޮށް ގިނައިންކައިގެން ވަރުބަލިކަންމަތީގައި އޮށޯވެލެވޭތަނުން ނިދި ފަތިސްނަމާދަށް ނުހޭލެވިވެސްދެއެވެ. އެއީ ވަރަށް ދެރަ ގޮތެކެވެ.
ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްނުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.