މިއީ ހަނދުމަކޮށްދިނުމެކެވެ. ދުނިޔެއާއި އާޚިރަތް ލިބިގަނެވެން އޮތީ މިކަންކަމަށް ގިނަގިނައިން ވިސްނިވަރަކުން ކަމަށްވާތީއެވެ. ފައިދާކުރާނީ ޢަމަލުކުރިނަމައެވެ.
މިދުނިޔޭގައި އަޅުގަނޑުމެން އަސްލު އުޅޭއިރުގައި ދުނިޔޭގެ ގޮތުން ބެލިކަމުގައި ވިޔަސް އަޅުގަނޑުމެން ދުނިޔޭގެ ފަހިކަމާ، އުފަލާ، އަރާމާ، މޮޅުކަމާ، މިއެއްޗެހި ބޭނުންވެގެން މަސައްކަތް ކުރާއިރުވެސް ބައެއްފަހަރަށް ކަންތައްތައް ކުރެވޭގޮތުން ލަނޑު އެބަލިބޭ ކެހިލިބޭ އެހެންނޫންތޯ؟ އެއީ އަޅުގަނޑުމެންނަށް އެޅޭ ފިޔަވަޅެއްގެ ސަބަބުން އަޅުގަނޑުމެންގެ މުޅި ޙަޔާތުގާ ރޯންޖެހި މުޅި ޙަޔާތް ބަރުބާދުވެ ދާފަދަ އެތައްކަމެއް އަޅުގަނޑުމެންގެ މި ޙަޔާތުގާ އެބަ ކުރިމަތިވޭ!
ޙަޤީޤަތަށް ބަލާއިއިރުގާ އަޅުގަނޑުމެންނަށް އެހެން އެކަން އެދިމާވަނީ ހަމައެކަނި މިދުނިޔެއަށްޓަކައި ހަމައެކަނި މަސައްކަތް ކުރެވޭތީ، މީސްތަކުންގެ ތެރޭގަވޭ މިފަދައިން ބުނާ މީހުންވެސް رَبَّنَا آتِنَا فِى الدُّنْيَا އަޅަމެންގެ ރައްބޭ އަޅަމެންނަށް ދުނިޔޭގެ ހެޔޮކަން ދެއްވާފާނދޭވެ. އެމީހުނަށް އާޚިރަތް ބޭނުމެއް ނޫން. ބޭނުން ނުވެސްވާކަހަލަ އެމީހުންނަކަށް އާޚިރަތަކީ މާބޮޑު އެއްޗެއް ނޫން! މާބޮޑުކަމެއް ނޫން. އެހެން ވީމާ އެމީހުން މިބުނަނީ رَبَّنَا آتِنَا فِى الدُّنْيَا އަޅުގެ ރައްބޭ ދުނިޔޭގެ ހެޔޮކަން އަޅާ އަށް ދެއްވާފާނދޭވެ. (އަޅަމެނަށް ދެއްވާފާނދޭވެ.) وَمَالَهُ فى الآخِرَةِ مِنْ خَلاَقْ އެހެން ވެއްޖެ ކަމަށްވާނަމަ އެމީހުންނަކަށް އާޚިރަތުގެ ނަސީބެއް ނުލިބޭނޭ اللهُ سُبْحَانَهُ وَتَعَالَى އަންގަވަނީ ދުނިޔޭގެ ހެޔޮކަމަށް ހަމައެކަނި އެދިއްޖެ ކަމަށްވާނަމަ އެކަމަކު އަނެއް ބަޔަކު ބުނެ މިއުޅެނީ رَبَّنَا آتِنَا فِى الدُّنْيَا حَسَنَةً وَفِى الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار އަނެއް ބަޔަކު މިބުނެ އުޅެނީ އަޅަމެންގެ ރައްބޭ ދުނިޔޭގައިވެސް ހެޔޮކަން ދެއްވާފާނދޭވޭ! އަދި އާޚިރަތުގެ ވެސް ހެޔޮކަން ދެއްވާފާނދޭވޭ! އަދި އަޅަމެން ނަރަކައިން މުއްތި ކުރައްވާފާނދޭވޭ!
ﷲ ގެ ޙަޟްރަތުގާ އެމީހުން ދަންނަވަނީ އެގޮތަށް ދަންނަވާ މީހުންނަށް ދުނިޔޭގާވެސް ހެޔޮކަން ލިބޭނެ އިންޝާ ﷲ އާޚިރަތުގެ ހެޔޮކަންވެސް ލިބޭނެ އަޅުގަނޑުމެން މިތަނަށް ފޮނުއްވާފައި ވަނީ ދެދުނިޔޭގެ އުފާފާގަތިކަން ހޯދުމަށްޓަކާ، ދުނިޔޭގާވެސް ހިތްހަމަޖެހުން ލިބޭނެ، އާޚިރަތުގެ ހިތްހަމަޖެހުންވެސް ލިބޭނެ. އަދި އޭގެ އިތުރަށް އެހިތްހަމަޖެހުން ލިއްބައި ދެނިވި އެންމެމަތިވެރި ވަސީލަތް ކަމުގައިވާ މަތިވެރިވެގެންވާ ސުވަރުގެޔަށް އޭނަޔަށް ވަދެވޭނެ. ބިރުވެރިވެގެންވާ ނަރަކައިން އޭނަ ސަލާމަތްވެ. އަދި ކަށްވަޅުގެ ޢަޛާބުން ދިންނަވާ މިންޖު ވެއްޖެ ކަމަށްވާނަމަ އޭގެ ފަހަތުން އެއްބައި މާލުއި ފަސޭހަވެގެންދޭ .
ކަށްވަޅާ ހިސާބުން ނަޖާ ނުވެއްޖިއްޔާ އެމީހަކު ކަށްވަޅުގެ ޢަޛާބުން ސަލާމަތް ނުވެ އުޅެނިކޮށް މިފެންނަނީ މާލުއި، މަސައްކަތުގެ ގޮތުން މާލުއި، އެހާ ބުރައެއްނޫން އަދި މުސާރަވެސް މާ ބޮޑު. އެހެންވެއްޖެއްޔާމުން އަޅުގަނޑުމެން އެއްކަލަ ވަޒީފާ ސެޓުކޮށްފައި، މިވަޒީފާ ދޫކޮށްލާފާބުނާނެ ދެން އަހަރެން މިވަޒީފާއިން ވަކިވަނިއްޔޭ. އަހަންނަށް އެބައޮތޭ މިހާރު މާ ރަނގަޅު ވަޒީފާއެއް ލިބެން. އެހެންވީމާ އަހަރެން އެވަޒީފާއަށް ދަނިއްޔޭ. ނުވަތަ އެހެން ނުބުނެވެސް ބުނާނީ، އަހަރެންނަށް ދެން މިހާރު މިތާކު ނެތޭ އުޅެވޭކަށް. މުޅިން ސަކަރާތޭ ކޮންމެސް ކަހަލަ ބަހަނާއެއް ދައްކާފާ އެއްކަލަ ބޮޑުމުސާރަދޭ ވަޒީފާއަށް ދާން. އެއީ، އެއްކަލަމީ ހިންދީން ބުނާހެން، ޕެއިސޯންކީ ޚާތިރް. ފައިސާއަށްޓަކައި އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭގޮތް.
ހަޤީޤަތަށްބަލާއިރު ވާނީވެސް އެހެން. ހަށްޓަށް ލުއި، މުސާރަބޮޑު ވަޒީފާއަކަށްނޫންތޯ ދެވޭނީވެސް. ޠަބީޢީކަމެއްއެއީ. ޠަބީޢީގޮތުން ވާނީވެސް އެހެން. އެހާބުރަކޮށްއުޅެން، ކުޑަކުޑަ މުސާރައަކަށް ކާކު ދެން އެހެން ރުހޭނީ. އެހެންވީމާ މިދުނިޔޭގެ ޙަޔާތުގައި ކުޑަކުޑަ ކަމެއް ކޮށްލައިގެން މުޅި ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށްލިބޭނެމަގު އަޅުގަނޑުމެންނަށް ތަނަވެސް ވެގެން ވޭ.
އެމަގު ތަނަވަސްކޮށްދެއްވާފައިވަނީ އަޅުގަނޑުމެންގެ ޚާލިގުވަންތަ އިލާހު ﷲ ސުބުޙާނަހޫވަތަޢާލާ. މާބޮޑުކަމެއްކުރާކަށް ނުޖެހޭނެ. މާބުރަކޮށް އަޅުގަނޑުމެން މިއުޅެނީ މިދުނިޔޭގަ. އަޅުގަނޑުމެން އެއްވެސް މަޤުޞަދެއްނެތި ލާހޫރެމުން އެނބުރެމުން ދާބައެއްގެގޮތުގައި މިދުނިޔޭގައި މިއުޅެނީ މީ ބޭކާރުގޮތެއްގަ. އެއަށްވުރެ މާ ރަނގަޅު ގޮތެއް ނުވަތަ ގޮތްތަކެއް ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އަންގަވާދެއްވަވާފައި. ވަރަށްލުއިކޮށް ހަށްޓަށް ފަސޭހަގޮތަކަށް މިދުނިޔޭގެ ޙަޔާތުގަ އުޅެގެން މިދުނިޔޭގެވެސް އުފަލާ އަރާމާ އާޚިރަތުގެ އުފަލާ އަރާމާ، ބާއްޖަވެރިކަމާ މަތިވެރިކަމާ ހިތްހަމަޖެހުން ﷲ ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެންނަށް ލިބޭނެމަގު ވަނީ ދައްކަވާފަ.
އެހެންވީމަ އެމަގަށް އަޅުގަނޑުމެންނަށް ދެވޭތޯ މަސައްކަތްކުރުމަކީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ކޮނޑުގަ އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް، ވަރަށްބޮޑު ޒިންމާއެއް.
- ޝައިޚް އިބްރާހީމް ފަރީދުގެ ދަރުސަކުން