ކަރާމާތް ގެއްލޭނެ ގޮތަށް ހެދުން ނުލާނަމަ ރަނގަޅު ފިރިއަކު ނުލިބޭނެ ކަމަށް ބުނާބުނުމަކީ ދޮގެއްކަން ތަޖުރިބާކުރި އަނެހެނެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކަރާމާތް ގެއްލޭނެ ގޮތަށް ހެދުން ނުލާނަމަ ރަނގަޅު ފިރިއަކު ނުލިބޭނެ ކަމަށް ބުނާބުނުމަކީ ދޮގެއްކަން ތަޖުރިބާކުރި އަނެހެނެއްގެ އިޙްޞާޞްތައް-

އަހުރެން އަދި މޫނުބުރުގާއެއް ނުއަޅަމެވެ. އެކަމަކު މިހުންނަނީ ނިވާވާންޖެހޭ މިންވަރަށް ނިވާވެގެންނެވެ. ބާލިޣްވިފަހުން އެނޫން ފޭރާމެއްގައި އަހުރެން ފެނިފައިވާނީ ހަމައެކަނި ފެނުން ހުއްދަ މީހުންނަށެވެ.  

ބައެއް އެކުވެރިން ފުރަތަމަ ބުނަމުން އައީ އެގޮތަށް ފޭރާންލާނަމަ ކައިވެނިކުރާނެ ރަނގަޅު މީހަކު ނުލިބޭނެ ކަމަށެވެ. އެކަމަކު އެގޮތަށް ބުނަމުން އައި ބައެއް އެކުވެރިންނަށްވުރެ ކުރިން ކައިވެނިކުރެވުނެވެ.  

އެކައިވެނީގައިވީ 3 އަހަރު ދުވަހެވެ. ފިރިމީހާ އަހުރެން ދޫކޮށްލީއެވެ. އެކަމަކު ލާދފޭރާމުގެ ސަބަބަކުން ނޫނެވެ. އަހުރެން ނިދަންވާއިރަށް ގެއަށް ވަންނަން ބުނާތީއެވެ. އެކުވެރިންނަށް ވަޤުތުދޭން ބޭނުންވެގެންނެވެ.  

ކައިވެނި ރޫޅުމުން އަނެއްކާވެސް ހަމަ އެވާހަކަތައް އެގޮތަށް ދެއްކިއެވެ. އެކަމަކު ލަސްތަކެއް ނުވެ ދެވަނަ ކައިވެނިވެސް ކުރެވުނެވެ. އެކައިވެނީގައި މިހާރު 10 އަހަރުވީއެވެ. ހެދުން މިލަނީ ހަަމ އެއްގޮތަކަށެވެ.  

އަހުރެން ބަހެއް މިބުނަނީ އަހުރެންގެ އެކުވެރިންގެ ތެރެއިން ކުރިން ބުނި ފަދަ ގޮތްގޮތަށް ވާހަކަ ދެއްކި އެކުވެރިންނަށެވެ. އަހުރެންގެ ސުވާލަކީ އެންމެ ޒަމާނީ ފެށަނަށް ފޭރާންލާއިރުވެސް އެކަނިވެރިކަންމަތީގައި ތިބެންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުވެސް ދޭނަމެވެ. އެއީ ހަރުދަނާ ފިރިހެނުން އަންހެނުން ފޭރާލައިއުޅޭގޮތަށް ބަލާތީއެވެ. ކޮންމެ ގޮތަކަށް ފޭރާންލައިގެން ކޮންމެ ގޮތަކަށްވެސް އުޅެވިދާނެއެވެ. އެގޮތަށް އުޅޭ ބައަކުވެސް ތިބޭނެއެވެ. އެކަމަކު ފޭރާން ލައިއުޅޭގޮތް ވަރަށް ގިނަ ވާހަކަތައް ބުނެދޭނެއެވެ. ހަރުދަނާ ފިރިހެނުން އެކަމަށް ވިސްނާނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން